މަންދު ކޮލެޖްގެ ބިއްލޫރިގަނޑު ތަޅާލައިފި

މަންދު ކޮލެޖްގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
މަންދު ކޮލެޖްގެ ބިއްލޫރިގަނޑު ތަޅާލާފައިވާކަން އެކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ކުރެއްވި ޓުވީޓެއްގައި ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
މަންދު ކޮލެޖްގެ ބިއްލޫރިގަނޑު ތަޅާލާފައިވާނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މަންދު ކޮލެޖުގެ ބިއްލޫރިގަނޑު ތަޅާލާފައި މިވަނީ އިބްރާއަކީ އިސްލާމްދީނާއި ޚިލާފު ވާހަކަތައް ދައްކަވާ ބޭފުޅެއް ކަަމަށް ވިދާޅުވެ، އޭނާ ހައްޔަރުކުުރުމަށް ގޮވާލާ މަންދު ކޮލެޖް ކުރިމައްޗަށް އެއްވެ ރޭ އިރާކޮޅު ބަޔަކު އަޑުއުފުލާފައި ވަނިކޮށެވެ. އަދި މަންދު ކޮލެޖް ބޮއިކޮޓު ކުރުމަށާއި، އިސްލާމްދީނުގެ ދިފާއުގައި އިލްމުވެރިން ނުކުތުމަށް ވެސް އެ މީހުން ވަނީ ގޮވާލާފަ އެވެ.
ފަހަކަށް އައިސް ޓްވިޓާގައި އިބުރާ ފާޅުކުރައްވާ ޚިޔާލުތަށް ދީނާއި ޚިލާފު ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އަދި އެފަދަ މީހުންނާއި ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ