އަނެއްކާ ރާއްޖެ ބަންދުކުރުމުން ލިބޭނެ ބޮޑު ގެއްލުމެއް: ރައީސް ނަޝީދު

ކޮވިޑް-19 ގެ އާ ވޭރިއެންޓާ ގުޅީގެން ރާއްޖެ އަނެއްކާވެސް ބަންދުކުރުން ވާނީ ގެއްލުންބޮޑު ވިސްނުމަކަށް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.ދެކުނު އެފުރިކާއިން ފެނުނު ކޮވިޑުގެ އައު ވޭރިއެންޓު ކަމުގައިވާ އޮމިކްރޮންއަކީ މިހާތަނަށް ފެނުނު މި ބަލީގެ އެންމެ ނުރައްކާތެރި ބާވަތްކަމަށް ގިނަ ސައެންސްވެރިން ވިދާޅުވެއެވެ. މިހާތަނަށް އެފުރިކާގެ ބައެއް ޤައުމުތަކާއި ޔޫރަޕުގެ ބައެއް ޤައުމުތަކުން މި ވޭރިއެންޓު ފެނިފައިވެއެވެ.ކޮވިޑުގެ އައު ވޭރިއެންޓު ފެތުރެން ފެށުމާއެކު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ދަތުރުކުރުމުގައި ބައެއް ހިފަހެއްޓުންތައް ތައާރަފުކުރަމުންނެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ މި ވޭރިއެންޓާ ގުޅިގެން އަޅާނެ ފިޔަވަޅަކާމެދު މިހާރު މަޝްވަރާކުރަން ފަށާފައިވާކަން ހާމަކުރައްވާފައެވެ.އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އަނެއްކާ ރާއްޖެ ބަންދުކުރުމުގެ ވިސްނުން ވާނީ ވަރަށް ގެއްލުންބޮޑު ވިސްނުމަކަށް ކަމަށެވެ."ކޮވިޑާއެކު އުޅުންނޫންގޮތެއް ނެތް." ރައީސް ނަޝީދު ފޮނުވި މެސެޖްގައި ވެއެވެ.ދުނިޔޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ދޭތެރެ ދޭތެރެއިން އާ ވައްތަރުތައް އަންނަނީ ފާޅުވަމުންނެވެ. އެންމެ ފަހުން އެންމެ ބޮޑަށް ފެތުރިގެން ދިޔައީ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓެވެ.ކޮވިޑް ފެތުރުން މާލޭގައި މަޑުޖެހިފައި އޮތް ނަމަވެސް އަތޮޅުތެރޭގައި ކޮވިޑް އަދިވެސް ދަނީ ފެތުރެމުން ނެވެ. އެގޮތުން އިއްޔެ ވެސް މާލެއިން 22 މީހުން ޕޮޒިޓިވްވި އިރު އަތޮޅުތަކުން 112 މީހުން ޕޮޒިޓިވްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ