އުތީމް އައު އިންޖީނުގޭގެ މަސައްކަތް ނިމި، ޙިދުމަތް ދިނުމަށް ތައްޔާރުވެއްޖެ

ސަރުކާރުގެ ސިޔާސަތުގެ ދަށުގައި ހިމެނޭ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގޭތައް އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ ދަށުން އުތީމްގައި ސަރުކާރުން އިމާރާތްކުރަން ފެށި އާ އިންޖީނުގޭގެ މަސައްކަތް އެކޮށް ނިމި ޙިދުމަށް ދޭން ތައްޔާރުވެއްޖެއެވެ.
އުތީމު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ މުޙައްމަދު ހަމްދޫން ވިދާޅުވީ އެރަށުގައި ސަރުކާރުން އިމާރާތްކުރި އާ އިންޖީނުގޭގެ މަސައްކަތް އެކޮށް ނިމި ޙިދުމަތް ދިނުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އެގޮތުން މިހާރު ކުރަމުންދާ މަސައްކަތަކީ ރީލޮކޭޝަން ކުރުމުގެ މަސައްކަތްކަމަށް ހަމްދޫން ވަނީ ވިދާޅުވެފައެވެ.
ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 9 ފެބުރުވަރީ 2019 ގައެވެ.
ސަރުކާރުން އުތީމްގައި އަލަށް އިމާރަށްކުރި އިންޖީނުގޭގެ ސަބަބުން ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުވެ، ރަށަށް އިޖްތިމާއީ ގޮތުންނާއި އިޤްތިސާދީ ގޮތުންވެސް ބޮޑެތި މަންފާތަކެއް ލިބި ރަށް އިތުރަށް ކުރިއަރައިގެން ދާނެކަމަށް ހަމްދޫން ވިދާޅުވިއެވެ. ސަރުކާރުން އުތީމުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން 400 ކިލޯވޮޓްގެ އައު ދެ ޖަނަރޭޓަރު ސެޓާއި އިންޖީނުގެއަށް ބޭނުންވާ އެހެނިހެން ސާމާނުތައްވެސް ވަނީ ފޮނުވާފައިވާކަމަށް ހަމްދޫން ވިދާޅުވިއެވެ.
973 މީހުންގެ އާބާދީއެއް އޮންނަ ހއ އުތީމްގައި މިހާރު ބޭނުން ކުރަމުންދާ އިންޖީނުގެއަކީ ރަށުގެ މެދުގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ އިންޖީނުގެއެއް ކަމުން، މިތަނުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތި އުނދަގޫތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. އެގޮތުން އާއްމު ރައްޔިތުންނަން އިންޖީނުގޭގެ އަޑާއި ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުން އަންނަކަމަށް އުތީމު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ މުޙައްމަދު ހަމްދޫން ވިދާޅުވިއެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ވަނީ އުތީމް ރައްޔިތުން އެތައް ދުވަހެއް ވަންދެން އުފުލަމުންދިޔަ ދަތި އުނދަގޫތަކަށް ހައްލެއް ހޯދާދީފައެވެ.
ސަރުކާރުން އަންނީ އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ ގޮތުން އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި އައު އިންޖީނުގޭ ހެދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މި އިންޖީނުގޭތަކަކީ ރީތި ފަރުމާތަކަކަށް ތަރައްޤީކުރާ ޒަމާނީ އިންޖީނުގެތަކަކަށް ވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ