ބްޕޫ ޕެނަރާމާގެ ދަތުރުތަކާ އެކު ރާއްޖެ-ޕޮލެންޑު ގުޅުންވެސް ބަދަހިވާނެ: އެމްއޭސީއެލް

ބަޖެޓު އެއާލައިން ބްލޫ ޕެނަރާމާ އިން ރާއްޖެ އާއި ޕޮލެންޑާ ދެމެދު ޗާޓާޑް ދަތުރުތައް މިއަދު ފެށި އިރު، މި ދަތުރުތަކުގެ ސަބަބުން ދެގައުމުގެ ދެމެދު އޮންނަ ގުޅުން ބަދަހުވާނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވެއްޖެ އެވެ. ރާއްޖެ އާއި ޕޮލެންޑާ ދެމެދު ސީދާ ދަތުރުތައް މިއަދު ފެށިއިރު ބްލޫ ޕެނަރާމާ އިން ހަފްތާ އަކު އެއް ދުވަހު ރާއްޖެ އާއި ޕޮލެންޑާ ދެމެދު ދަތުރުތައް ބާއްވާނެ އެވެ. އެ އެއާލައިނުގެ ޓްރެވަލް އެޖެންޓް ސަން އޯޝަންސް އިން ބުނީ މަހެއްގެ މައްޗަށް އެއްވެޖުކޮށް ހާހެއްހައި ފަތުރުވެރިން ޕޮލެންޑުން ރާއްޖެ އަންނާނެ ކަމަށާއި މި އަހަރުގެ ޑިސެމްބަރު 26ގެ ނިޔަލަށް ދަތުރުތައް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ދަތުރުތަކާ އެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާ އެކު ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ވެސް ބަދަހިވެގެންދާނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ. މިއަދު ރާއްޖެ އައި ބްލޫ ޕެނަރާމާގެ ފްލައިޓަށް މަރުހަބާ ކިޔުމަށް ވޯޓާ ސެލިޔުޓެއް އަރުވަނީ -- ސަން ފޮޓޯ "ވިޔަފާރީގެ ގުޅުން ފަދަ ގުޅުންތައް ދެ ގައުމުގެ ދެމެދު ބަދަހި ވާނެ،" މޫސާ ސޯލިހު ވިދާޅުވީ ނޯތު ޔޫރަޕުން ރާއްޖެ އަށް ދަތުރުފެށުމާ އެކު ފަސިންޖަރުންގެ އަދަދު އިތުރުވާނެ ކަމަށެވެ. އިތުރު ފްލައިޓުތައް ރާއްޖެއަށް ދަތުރު ފަށާއިރު އެމްއޭސީއެލް އިން ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށް ވެސް މޫސާ ސޯލިހު ވިދާޅުވި އެވެ. އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިފަދަ ޗާޓާޑް ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަން ކުރިއަރާނެ ކަމަށެވެ. "ޗާޓާރު ފްލައިޓުތަކަކީ ޓޫރިޒަމް އިންޑަސްޓްރީގައި މުހިއްމު ރޯލެއް އަދާކުރާ އެއްޗެއް. މިކަހަލަ ގިނަ ކޮލަބަރޭޝަންސް ގިނަކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާނީ،" މިދިޔަ އަހަރު ޕޮލެންޑުން ރާއްޖެ ޒިޔާރަތްކުރީ 12000 ފަތުރުވެރިން ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. ބްލޫ ޕެނަރާމާގެ ކްރޫ އަށް ވީއައިއޭ އިން މަރުހަބާ ކިޔަނީ -- ސަން ފޮޓޯ ބުލޫ ޕެނަރާމާގެ ޗާޓާ ދަތުރުތަކާ އެކު މާކެޓު ފުޅާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ތޮއްޔިތު ބިދާޅުވި އެވެ. އުތުރު ޔޫރަޕުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްް އެޖެންޓަކު ހަރަކާތްތެރިވަމުންދާ ކަމަށާއި، އެޖެންޓު މެދުވެރިކޮށް ޕޮލެންޑުގެ އިތުރުން އެ ސަރަހައްދުގެ އެހެން ގައުމުތަކުން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުކުރެވޭނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުުވުމަށް ޕްރައިވެޓް ސެކްޓާ އިން ކުރާ މަސައްކަތް ތޮއްޔިބު ފާހަގަ ކުރެއްވި އެވެ. މިއަދު ރާއްޖެ އައި ބްލޫ ޕެނަރާމާގެ ފްލައިޓް -- ސަން ފޮޓޯ ސަން އޯޝަންސް އިން ބުނީ ޕޮލެންޑުގެ އިތުރުން އެ ސަރަހައްދުގެ އެހެން ގައުމުތަކުން ފަތުރުވެރިން ގެނައުމަށް ބްލޫ ޕެނަރާމާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ. މިއަދު ރާއްޖެ އައި ބްޕޫ ޕެނަރާމާ އިން 264 ފަސިންޖަރުން ރާއްޖެ އައިސްފައިވެ އެވެ. ބްލޫ ޕެނަރާމާގެ ފްލައިޓަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ވަނީ ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. https://sun.mv/120616
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ