“ވާނުވާ” ގައި ނުބަހައްޓާ ޔާމީން މިނިވަން ކުރެއްވުމަށް ޤާސިމް ގޮވާލައްވައިފި

ކުރީގެ ރައީސް ޔާމީން "ވާނުވާ" ގައި ޖަލުގައި ނުބަހައްޓަވައި މިނިވަން ކުރެއްވުމަށް ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ޤާސިމް މިކަމަށް ގޮވާލެއްވީ ހެންވޭރު އުތުރު ދާއިރާއަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ޤާސިމް ވިދާޅުވީ އަނިޔާވެރި ނުވާނެކަމަށްބުނެ ވެރިކަމަށް އައިސް އަނެއްކާވެސް މީގެ ކުުރިން ސަރުކާރުން އަމަލުކުރަމުން އައިގޮތަށް އެކަން ކޮށްގެން ނުވާނެ ކަމަށެވެ. އަދުލު އިންސާފު އެންމެންގެ މައްޗަށްވެސް ހަމަހަމަވާން ޖެހޭނެ ކަމަށާއި، އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކޯޓުތަކުންވެސް މީހުން ހައްޔަރުކޮށްފައި ބެހެއްޓުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށްވެސް ޤާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ