ނަގިލި ނަގަން މޫދަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހަރަކާތް ތެރިވާން ފަށައިފި

"ސާހިބާ" ނަމަކަށްކިޔާ މަސް ދޯންޏެއްގެ ނަގިލި ނަގަން މޫދަށް ފޭބި ފަޅުވެރިއެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.
މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދަނީ އެ ދޯނީގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއެކެވެ.
އެމީހާ މޫދަށް ފޭބި އިރު އޭނާ ލައިގެން ހުރީ ކަޅުލައިގެ ސޯޓެއް ކަމަށާއި، ރީނދޫ ކުލައިގެ މާސްކެއް އަޅާފައި ވާކަމަށް ދޯނީގެ ކެޕްޓަންއާއި ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައި މައުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ