މިއަދުގެ ހުކުރު ހަދިޔާ!: މުފްތީ މެންކުގެ އަގުހުރި ނަޞޭޙަތުގެ ބަސްކޮޅެއް!

ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ ކޮށް ކޮޅުންލާން އޮތް ކަމެއް ނޫނެވެ. އެހެނީ އަހަރެމެންގެ އަތުގައިވާ ކޮންމެ އެއްޗަކީ ﷲ ތަޢާލާ ދެއްވެވިއެއްޗެކެވެ. ކޮންމެ ނިޢްމަތެއްވެސް ﷲ ތަޢާލާ ދެއްވަވާފައިވަނީ އަހރެމެންނާއި އެހެން އެންމެންނަށްޓަކައެވެ. ވީމާ މީސްތަކުންނަށް އެހީތެރިވުން ގިނަކުރާށެވެ! 
އެއްކުރާ މުދައު ﷲ ތަޢާލާ ކަނޑައަޅުއްވަވާ މުއްދަތަކަށް އަތުގައި ހުންނާނެއެވެ. ނަމަވެސް ޞިއްހަތާއި ޒުވާންކަން ދާނީ ޢުމުރުން ދުވަސްވާވަރަކަށް ނިކަމެތިވެ ބަލިކަށިވަމުންނެވެ. އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ. 
ދުނިޔެ ދޫކޮށް ދުނިޔެއިން ނުކުންނަން ޖެހޭނީ އަތުގައި ހުރި ހުރިހާ މުދައުތައް ދޫކޮށްލައިފައެވެ. އެހެން ބައެއްގެ އަތްމައްޗަށެވެ. އެކުގައި ގެންދަން ލިބޭނެ އެއްޗަކީ ހަމައެކަނި ތިމާކުރި ހެޔޮ ޢަމަލުތަކެވެ. ވީމާ ވީހައި ގިނައިން ހެޔޮ ޢަމަލުތައްކުރާށެވެ! ﷲ ތަޢާލާ ދެއްވެވި ތަކެތިން ވީހައި ގިނައިން ހޭދަކުރާށެވެ! އެކުގައި ގެންދެވޭނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރި އެއްޗެއް އެކަންޏެވެ. 
މީސްތަކުންނޭވެ! އަހަރެމެންގެ މައްޗަށް އެކަމެއް ކުރުމަށް އެންގެވި ކޮންމެ ކަމެއް ކުރުމަށް އަންގަވާފައި އެވަނީ ހަމަ އަހަރެމެންގެ ފައިދާއަށެވެ! އަހަރެމެންގެ މައިންބަފައިންނަށްވުރެ އަހަރެމެންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އެހެންކަމަށްވާއިރު އަހަރެމެންނަށް ގެއްލުން ހުރި އެއްވެސް ކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައެއް ނުވާނެއެވެ. 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ