ވިންޓާ ތީމްޕާކު ހިންގަން ހަވާލުކޮޮށްފައިވާ ފަރާތް ހޯދަން އިއުލާނުކޮށްފި

ސަލްޓަންޕާކުގައި ތަރައްގީކޮށްފައިވާ ވިންޓާ ތީމް ޕާކު ހިންގައި ބަލަހައްޓަން ހަވާލުކޮށްފައިވާ ފަރާތް ހޯދަން އިއުލާނުކޮށްފި އެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިންޓާ ތީމް ޕާކު ހިންގައި ބަލަހައްޓަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހަވާލުކޮށްފައިވާ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިންޓާ ތީމް ޕާކް އޮޕަރޭޓް ކުރަމުން ނުދާ ކަމަށެވެ. ޑައިމަންޑް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް އަންގަންޖެހޭ އެންގުންތައް ފޮނުވުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެޑްރެހުގައި އެ ކުންފުނީގެ އޮފީހެއް ނެތް ކަމަށާއި އެ ކުންފުންޏާ އެކު މުއާމަލާތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކުންފުނީގެ ފަތާރުން އެއްވެސް މީހަކާ މުއާމަލާތް ކުރެވޭނެ ގޮތެއް ގޮތް ވެފައި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ. ޖޫން 20، 2018: ރަސްރަނި ބަގީޗާގައި ތަރައްގީކުރި ވިންޓަ ތީމް ޕާކް --- ސަން ފޮޓޯ/ ފަޔާޒު މޫސާ މިވަގުތު ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑް ހިންގަމުން ދަނީ ކޮން އެޑްރެހެއްގައި ކަން ކައުންސިލަށް އެނގިފައި ނުވާ ކަމަށްވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި ބުންޏެވެ. ވިންޓަރ ތީމް ޕާކް ހިންގައި ބެލެހެއްޓުމަށް އެއްބަސްވުމުގައި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތް ނުވަތަ އެކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅަކު މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ހާޒިރުވުމަށްއެ އިއުލާނުގައި ވަނީ އާންމުކޮށް އަންގައިފައެވެ. އެ މުއްދަތުގެ ތެރޭގައި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްވެސް މީހަކު މާލޭ ސިޓީ ކައުންސިލަށް ހާޒިރުނުވެއްޖެނަމަ، ވިންޓަރ ތީމް ޕާރކް ހިންގައި ބެލެހެއްޓުމަށް އެ ކުންފުންޏާއެކު އެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރާނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ. ވިންޓަ ތީމް ޕާކް އެތެރޭގައި ހިމެނޭ އައިސް ސްލައިޑް --- ސަން ފޮޓޯ/ ފަޔާޒު މޫސާ ވިންޓާ ތިމް ޕާކު ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަަނަ ދުވަހު އެވެ. އެތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވިންޓާ ތީމް ހިންގާ ޑައިމަންޑް ވިންގްސްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަހުމަދު މައުޒޫން ކިޔާ ބޭފުޅަކު ވަނީ ވާހަކަ ދައްކަވައިފައެވެ. އެ ޕާކުގެ ހިދުމަތް ދިން އިރު ކުޑަކުދިންނާއި އާާއިލާތަކުގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ވިންޓާ ތީމް ޕާކަށް މީހުން ވައްދާފައިވަނީ ޓިކެޓު ވިއްކައިގެންނެވެ. އެތަން ތަރައްގީކޮށްފައިވަނީ ޓޫރިޒަމް ދާއިރާގެ ސީއެސްއާރުން ހަރަދުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ