ޔާމީން ޖިނާއީ ކޯޓަށް ހާޒިރުކޮށްދެވެން ނެތް ކަމަށް ސިފައިން ބުނެފި

19:00ސިފައިންގެ ބެލުމުގެ ދަށުގައިވާ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖިނާއީ ކޯޓަށް ދެ ގަޑިއިރުގެ ތެރޭގައި ހާޒިރުކޮށްދިނުމަށް އެދި އެކޯޓުން ނެރެފައިވާ އަމުރުގެ ދަށުން އެކޯޓަށް ޔާމީން ހާޒިރުކޮށްދެވެން ނެތް ކަމަށް ސިފައިން ބުނެފި އެވެ.މިއަދު މެންދުރު ޖިނާއީ ކޯޓުން އަމުރު ނެރުނު ނަމަވެސް، ޤައުމީ ސަލާމަތަކަށްޓަކައި އަބްދުﷲ ޔާމީން ހާޒިރުކޮށްދެއްވެން ނެތް ކަމަށް އެމްއެމްއެންޑީއެފުން ބުނުމާ ގުޅިގެން ސަންއެފްއެމްގެ ބްރޭކިން ނިއުސްއަށް ދެއްވި އިންޓަވިއެއްގައި ޔާމީންގެ ޤާނޫނީ ވަކީލާ އަލްއުސްތާޛާ އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ ސިފައިން ޔާމީން ހައްޔަރުކޮށްގެން ގެންގުޅެނީ ޤާނޫނާ ހިލާފަށް ކަމަށެވެ. އަދި ކޯޓުން އަމުނު ނެރުމުން ޔާމީނު ހާޒިކޮށްދޭންޖެހޭނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި ޔާމީނު ހާޒިރުނުކުރެވޭނަމަ، ވަކީލުންގެ ހާޒިރުގައި އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ބާއްވައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.އާޒިމާ މިއަދު ހެނދުނު ވިދާޅުވީ، ޔާމީންގެ ނުރުހުމުގައި އޭނާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށްވާތީ، މިހާރުން މިހާރަށް ޔާމީން މިނިވަންކޮށްދިނުމަށް އަމުރެއް ނެރެދިނުމަށް އެދި ޖިނާއީ ކޯޓަށް މިއަދު ހެނދުނު ހުށަހަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ދެ ގަޑިއިރު ތެރޭގައި ޔާމީން އެ ކޯޓަށް ހާޒިރުކުރުމަށް ޖިނާއީ ކޯޓުން މިއަދު މެންދުރު 1:30 ހާއިރު ސިފައިންގެ މައްޗަށް އަމުރު ނެރެފައިވާ ކަމަށް ވެސް އާޒިމާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ