ބްރެޒިލްގެ އޮލިމްޕިކް ސްކޮޑަށް ހަލްކް، މާސެލޯ އަދި ސިލްވާ ނަގައިފި

ރިއޯ ޑިޖެނެއިރޯ (ޖުލައި 7) - އޮލިމްޕިކް ގޭމްސްގެ ފުޓްބޯލް އިވެންޓުގައި ވާދަކުރާ ބްރެޒިލްގެ އޮލިމްޕިކް ޓީމަށް އުމުރުން ދޮށީ ތިން ކުޅުންތެރިންގެ ގޮތުގައި ޕޯޓޯގެ ހަލްކާއި އޭސީ މިލާންގެ ތިއާގޯ ސިލްވާ އަދި ރެއާލް މެޑްރިޑްގެ މާސެލޯ ނަގައިފި އެވެ. މި މަހުގެ ފަހުކޮޅު ލަންޑަންގައި ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ބްރެޒިލްގެ އޮލިމްޕިކް ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސައިފައިވަނީ ސިލްވާ އެވެ. ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރޭގައި ސަންތޯސްގެ ތަރި ނޭމާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ރަފައެލް އަދި އިންޓަ މިލާންގެ ހުއާން ހިމެނެ އެވެ. ސްކޮޑަށް ނަގާނެ ކަމަށް ކުރިން ބެލެވުނު، ޗެލްސީގެ ޑަވިޑް ލުއިޒާއި ބާސެލޯނާގެ ޑެނީ އަލްވޭސަށް ޖާގަ ދީފައެއް ނުވެ އެވެ. ބްރެޒިލް އިން ނެގި 22 ކުޅުންތެރިންގެ ސްކޮޑް، މުބާރާތް ފެށުމުގެ ކުރިން 18 ކުޅުންތެރިންނަށް މަދުކުރާނެ އެވެ. މި މަހުގެ 9 އިން 16 އަށް ލަންޑަންގައި ބްރެޒިލް އިން ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދާނެ އެވެ. ބްރެޒިލް އަށް މިހާތަނަށް އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ރަން މެޑަލް ލިބިފައެއް ނުވެ އެވެ. -- އޭއެފްޕީ ބްރެޒިލްގެ އޮލިމްޕިކް ސްކޮޑް: ގޯލްކީޕަރުން: ނެޓޯ (ފިއޮރެންޓީނާ)، ކަބްރާލް (ސަންތޯސް) ޑިފެންޑަރުން: ޑަނީލޯ (ޕޯޓޯ)، ރަފައެލް (މެންޗެސްޓާ ޔުނައިޓެޑް)، ސަންދްރޯ (ޕޯޓޯ)، މާސެލޯ (ރެއާލް މެޑްރިޑް)، ތިއާގޯ ސިލްވާ (އޭސީ މިލާން)، ޔުވިނީ (ސައޮ ޕޯލޯ)، ހުއާން (އިންޓަ މިލާން) މިޑްފީލްޑަރުން: ސަންދުރޯ (ޓޮޓެންހަމް)، ރޮމޫލޯ (ވަސްކޮޑަގާމާ)، ލޫކަސް (ސައޮޕޯލޯ)، އޮސްކާ (ޕޯޓޯ އަލެގްރޭ)، ގަންސޯ (ސަންތޯސް) ފޯވަޑުން: ޕަޓޯ (އޭސީ މިލާން)، ނޭމާ (ސަންތޯސް)، ޑަމިއާއޯ (ޕޯޓޯ އެލެގްރޭ)، ހަލްކް (ޕޯޓޯ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ