ޝައިޚް ފަރީދް މަސައްކަތް ކުރައްވަނީ ހަނގުރާމަވެރި އިސްލާމީ ޖަމާޢަތެއް އުފައްދަން: ޔާމީން

އަހުމަދު އިބްރާހިމް
އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހިމް ފަރީދު އަހުމަދު މަސައްކަތް ކުރައްވަނީ ރާއްޖޭގައި އިސްލާމީ ހަނގުރާމަވެރި ޖަމާޢަތެއް އުފައްދަންކަމަށް ކުރީގެ ރައީސް މައުމޫންގެ ކޮށްކޯފުޅު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ.
ޔާމީންގެ ލީކް ވެފައިވާ އޯޑިއޯގައި ޔާމީން ވިދާޅުވެފައިވަނީ އީވާން ނަސީމް މަރުގެ ހާދިސާއާއި ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން މައުމޫން ވިދާޅުވެގެން ލަންކާއަށް ވަޑައިގެންނެވިކަމަށާއި އެ ދަތުރުފުޅުގައި ލަންކާގެ ރައީސްގެ އިތުރުން އިދިކޮޅު ލީޑަރާވެސް ބައްދަލްކުރެއްވިކަމަށެވެ.
އަދި ރާއްޖޭގައި އެވަގުތު އޮތީ ސިޔާސީކަމެއް ނޫންކަމަށާއި ޝައިޚް ފަރީދްމެން ބޭނުންވަނީ އިސްލާމީ ހަނގުރާމަވެރި ޖަމާޢަތެއް އުފައްދާ ދިވެހިރާއްޖެއަކީ އަފްޤާނިސްތާން ފަދަ ތަނަކަށް ހަދައި ތޯލިބާނުންގެ އުސޫލްތައް ރާއްޖޭގައި އަށަގެންނެވުންކަމަށް ލަންކާގައި ވިދާޅުވިކަމަށް ޔާމީން ވިދާޅުވިއެވެ.
އަދި އެދަތުރުފުޅުގައި ޝައިޚް ފަރީދްގެ ފޮޓޯ އަލްބަމްތައް ގެންދެވި ކަމަށާއި ޔަމީން ދެއްކި ވާހަކަތައް ލަންކާއިން ވަރަށް ބޮޑަށް ގަބޫލްކުރިކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
މިއޯޑިއޯއާއި ގުޅިގެން ޔާމީން ވިދާޅުވެފައިވަނީ މިއޯޑިއޯގައި ދޮގު ވާހަކަފުޅެއް ދައްކަވާފައި ނުވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ