އޭދަފުށީ ރައްޔިތުން އެމްޑީއެންގެ ރިޕޯޓާއި ދެކޮޅު: އޭދަފުށީ ކައުންސިލް

ބ.އޭދަފުށީ ކައުންސިލުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން )ގެ ރިޕޯޓް ކުށްވެރިކޮށްފިއެވެ.
އެމްޑީއެން އިން ”ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުން ނެރެފައިވާ ބަޔާނުގައި ގައި ބުނެފައިވަނީ ، އެރިޕޯޓުގައި މާތްވެގެންވާ އިސްލާމްދީނާއި މާތް ނަބިއްޔާ އަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައިވާތީ އެކަން އެދަފުށީގެ ރައްޔިތުންނާއި ކައުންސިލުން ކުށްވެރިކުރާކަމުގައެވެ. އަދި މި އަމަލަކީ އެ ޖަމިއްޔާއިން ހިންގި ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއްގެ ގޮތުގައި މިރަށުގެ ރައްޔިތުން ނާއި ރަށު ކައުންސިލުން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ހަމައެއާއެކު އެ ރިޕޯޓްގައި މާތް ރަސޫލާއަށް ފުރައްސާރަ ކުރުމުގެ އިތުރުން ކީރިތި ޤުރުއާނުގެ ނައްޞު ތަކުން ސާބިތުވާ ކަންތައް ތަކަށް ކަނޑައެޅިގެންް އިންކާރު ކޮށްފައި އޮތުމަކީ، މުސްލިމުންގެ ގޮތުގައި ތިބެ އެ ޖަމިއްޔާއިން ކޮށްފައިވާ ފަސާދައިގެ އަމަލެއް ކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
“ކަން މިހެން ހުރުމާއެކު ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 19ވަނަ މާއްދާގައިވާ ފަދައިން އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމަށް ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ނުވަތަ އެކަމަށް އުނި ކަމެއް ގެނައުމަށް ދިވެހިރާއްޖޭގައި ޖަމިއްޔާތައް ހިންގުމަކީ މަނާކަމަކަށް ވީ ހިނދު ،ދިވެހިރާއްޖޭގެ ޖަމިއްޔާތަކާ ބެހޭ ގާނޫނާއި ޚިލާފު މި އަމަލު އެމްޑީއެން އިން ކޮށްފައިވާތީ އެފަރާތާއި މެދު ވަގުތުން ފިޔަވަޅު އެޅެން ޖެހޭނެކަމުގައިވެސް މި ރަށުގެ ރައްޔިތުންނާއި، މި ކައުންސިލުން ދެކެމެވެ. “ބަޔާނުގައި ވެއެވެ.
އޭދަފުށީ ކައުންސިލުގެ ނޫސް ބަޔާން ނިންމާލަމުން ބުނެފައިވަނީ އެންޑީއެން އިން ހިންގި އިސްލާމް ދިނާ ޚިލާފު ދަށު ދަރަޖައިގެ މި އަަމަލުތައް ބައްލަވައި މި އަމަލުތައް ހިންގި އެންމެހައި ފަރާތްތަކާއި އެޖަމިއްޔާއަށް ފިޔަވަޅު އަޅުއްވައިދެއްވުމަށް ދިވެހި ރާއްޖޭގެ އެންމެހައި މުވައްސަސާތަކަށް ރައްޔިތުންނާއި އެ ކައުންސިލުގެ ފަރާތުން ގޮވާލާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ