އެންމެ ދެކުނުގެ ހަތަރު އަތޮޅުގައި މަސައްކަތް ކުރާ 11 ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފި

ގއ، ގދ. ފުވައްމުލަކު އަދި އައްޑު އަތޮޅުގައި މަސައްކަތްކުރާ 11 ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފި އެވެ.
ސ. ގަމުގައި ހުންނަ އައްޑޫ ޕޮލިސް ސްޓޭޝަންގައި ރޭ ބޭއްވި ހަފުލާއެއްގައި މަގާމުގެ ކުރިއެރުން ދިން ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެކްޓިން ހެޑް އޮފް ސަދަން ރީޖަން ސަބް އިންސްޕެކްޓަރު އަހުމަދު މުހައްމަދާއި އައްޑޫ ޕޮލިސް ޓްރޭނިން ސްކޫލުގެ ކޯސް އޮފިސަރު އަސްއަދު ވަހީދެވެ.
މަގާމުގެ ކުރިއެރުން ރޭ ދިން ފުލުހުންގެ ތެރޭގައި ހިމެނެނީ ސާޖެންޓްގެ މަގާމުން ސްޓާފް ސާޖެންޓްގެ މަގާމަށް ބަދަލުވި ދެ ފުލުހުންނާއި ލާންސް ކޯޕްރަލްގެ މަގާމުން ކޯޕްރަލްގެ މަގާމަށް ބަދަލުވި ހަތަރު ފުލުހަކާއި ކޮންސްޓަބަލްގެ މަގާމުން ލާންސް ކޯޕްރަލްގެ މަގާމަށް ބަދަލުވި ފަސް ފުލުހެކެވެ.
ދެކުނުގެ ހަތަރު އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށް ދެއްވައިފައި ވަނީ އައްޑު އަތޮޅުވެރިޔާ ސައުދު އަބްދުﷲ އެވެ.
ދެކުނުގެ ހަތަރު އަތޮޅުގައި މަސައްކަތް ކުރާ ހަ ފުލުހަކަށް މި އަހަރުގެ ކުރީކޮޅު ވެސް މަގާމުގެ ކުރިއެރުން ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ