ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓުވުމަށް ހުށަހަޅަނީ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްއެންޕީއިން ނިންމައިފިއެވެ.
އާންމުންނަށް ނޭނގި ޕާޓީ ބަދަލުވާ ކަމުގެ ޝަކުވާ ލިބޭތީ ރައްޔިތުންގެ މަަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަހުސް ނުކޮށް ބޭރުކޮށްލުމާ ގުޅިގެން ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ އެއް ނައިބު ރައީސް އަބްދުﷲ ރިޔާޒު ވިދާޅުވީ ޕާޓީތަކުގެ ދަފްތަރަށް ބަލައިގެން އިލެކްޝަން ކޮމިޝަނުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ފައިސާ ދެމުންދާހާ ހިނދަކު އެކަން އެހެން ހިނގާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހުކުރަން އެމްއެންޕީއިން ބިލެއް ވަރަށް އަވަހަށް މަޖިލިހަށް ހުށަހަޅާނެ ކަމަށްވެސް ރިޔާޒު ވަނީ ވިދާޅުވެފައެވެ.
ގާނޫނޫ އަސާސީގައި ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 10،000 އަށްވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން 0.1 ޕަސެޓް ދޫކުރަން ޖެހެއެވެ. އެ އަދަދު ހަމަވާ 4 ޕާޓީއެއް އޮތް އިރު އެ ޕާޓީތަކަށް މިއަހަރުވެސް ވަނީ 30.2 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ