މ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މުލަކު އެކުވެރި ކްލަބު ހޯދައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބޭއްވި މ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މުލަކު އެކުވެރި ކްލަބު ހޯދައިފިއެވެ.
މުލީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔައީ މ. މުލަކުއަށް ނިސްބަތްވާ ދެ ޓީމެވެ. މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ އަތުން މުލަކު އެކުވެރި ކްލަބު މޮޅުވީ 1-0 ލަނޑުންނެވެ.
އިއްޔެ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށެވެ. މިލަނޑު މުލަކު އެކުވެރި ކްލަބަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނަޒީރު އާދަމް އެވެ.
ފައިނަލް މެޗަށްފަހު ބޭއްވި އިނާމް ދިނުމުގެ ހަފްލާގައި މުބާރުގެ ޗެމްޕިއަން ޓީމަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު އަދި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރު އެވެ. އެ ހަފްލާގައި ޗެމްޕިއަން ޓީމުގެ އިތުރުން މުބަރާތުގައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށްވެސް ވަނީ އިނާމް ހަވާލުކޮށްފައެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުލަކު އެކުވެރި ކްލަބުގެ ހުސައިން ނިޒާމް އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް އެ ޓީމްގެ ހުސައިން ނަދީފް ހޯދިއިރު، މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ނާލާފުށި ޔޫތު ޑިވަލޮޕްމަންޓް އެސޯސިއޭޝަން އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މުލަކު އެކުވެރި ކްލަބްގެ ހުސައިން ނިޒާމް އާއި، އެޓީމުގެ އަހްމަދު ނާސިހުގެ އާއި، މުލަކު އެކުވެރި ޒުވަނުންގެ ޖަމްއިއްޔާގެ ސައުދުﷲ ކަމާލް އާއި، ވޭވަށު އެކުވެރިންގެ ގުޅުމުގެ ޝަޒީމް ހަސަން އަދި ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާގެ އަބްދުލް ވާހިދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ