އެލައިޑް އިންޝުއަރެންސުން އާއިލާތަކަށް ހާއްސަކޮށްގެންގެން ނިމިދިޔަ ހަފްތާ ބަންދުގައި އާޓިފިޝަލް ބީޗުގައި ބޭއްވި "އެލައިޑް ފެސްޓް" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
އެލައިޑަށް 40 އަހަރު ފުރުމާ ގުޅުވައި ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވި އެ ފެސްޓިވަލްގައި ގިނަ އަދަދެއްގެ ކުޑަކުދިން ގޮވައިގެން ބެލެނިވެރިން ބައިވެރިވެ، އުފާވެރި ވަގުތުކޮޅެއް ވަނީ ހޭދަކޮށްފަ އެވެ.
އެ ފެސްޓިވަލްގައި ކުޑަކުދިން ގަޔާވާ ތަފާތު އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ކުޅިވަރުތަކުގައި ބައިވެރިވެ ކުދިންނަށް ގިފްޓް ޕެކް ލިބުނުއިރު، ލަކީޑްރޯތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ވެސް ލިބުނެވެ.
މީގެއިތުރުން ފެސްޓިވަލްގެ ތެރެއިން އެލައިޑުން ދޭ ފެމިލީ ތަކާލުފްގެ އެކި ޕްރޮޑަކްޓްތަކާ ގުޅޭ މައުލޫމާތާއި އެކި ޕްރޮމޯޝަންތަކާ ގުޅޭ މައުލޫމާތުތައް ވެސް ވަނީ ބައިވެރިންނަށް ފޯރުކޮށްދީފަ އެވެ.
އެލައިޑް ފެސްޓް މިދިޔަ އޮގަސްޓް މަހު ފުވައްމުލައް ސިޓީގައި ބޭއްވިއިރު 3،000 އަށްވުރެ ގިނަ އާއިލާއިން ވަނީ އެ ފެސްޓްގައި ބައިވެރިވެފަ އެވެ.
އޭގެއިތުރުން މިދިޔަ މެއި މަހު ކުޅުދުއްފުށި ސިޓީގައި އަދި ޖޫން މަހު އައްޑޫ ސިޓީގައި ބޭއްވި އެލައިޑް ފެސްޓްގައި ވެސް އެތައް ހާސް އާއިލާއަކުން ބައިވެރިވި އެވެ.
މާލޭގައި ބޭއްވި އެލައިޑް ފެސްޓަށް ބޮޑު ތަރުހީބެއް މާލޭގައި ބޭއްވި އެލައިޑް ފެސްޓަށް ބޮޑު ތަރުހީބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ