ކޯމާ އެއްގައި އޮންނަތާ 20 އަހަރުފަހުން، ސައުދީ އަރަބިއްޔާ ގެ “ސްލީޕިންގ ޕްރިންސް” އަލް ވަލީދު ބިން ޚާލިދު އަވަހާރަވެއްޖެ އެވެ.
2005 ވަނަ އަހަރު ލަންޑަނުގައި ހިނގި ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓަކަށް ފަހު ގާތްގަނޑަކަށް ވިހި އަހަރު ވަންދެން ކޯމާގައި އޮންނެވުމަށް ފަހު ދަރިކަލުން އަވަހާރަވެއްޖެ ކަން ޕްރިންސް ޚާލިދު ބިން ޠަލާލް ވަނީ އިއުލާނު ކުރައްވާފައެވެ.
ޕްރިންސް ޚާލިދު ވިދާޅުވެފައި ވަނީ އޭނާގެ ދަރިކަލުންގެ ކަށު ނަމާދު އާދީއްތަ ދުވަހު ރިޔާޟް ގެ އިމާމް ތުރުކީ ބިން ޢަބްދުﷲ މިސްކިތު ގައި ޢަޞުރު ނަމާދަށް ފަހު ކުރެވޭނެ ކަމަށެވެ.
އުމުރުން އެންމެ 15 އަހަރުގައި، ލަންޑަނުގައި މިލިޓަރީ ކެޑޭޓެއްގެ ގޮތުގައި ކިޔަވަމުންދަނިކޮށް، 2005 ވަނަ އަހަރު ހިނގި ނުރައްކާތެރި މަގުމަތީގެ ހާދިސާއެއްގައި އަލް ވަލީދުގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ފާއިތުވި ގާތްގަނޑަކަށް 20 އަހަރު ޕްރިންސް އަލް ވަލީދު އޮންނެވީ މެޑިކަލް ސަޕޯޓުގައި ސިއްހީ އެހީތެރިންގެ ބެލުމުގެ ދަށުގައެވެ. ކުޑަ އުއްމީދެއް ލިބުނު މަދު ހަރަކާތްތަކެއް ޕްރިންސްގެ ކިބައިން އެ ދިގު މުއްދަތުގައި ފެނުނު ނަމަވެސް، އެ މުއްދަތުގައި އޭނާ ހޭ އަރާފައެއް ނުވެއެވެ.
މި މުއްދަތުގެ ތެރޭގައި، ލައިފް ސަޕޯޓް ނެގުމަށް ޕްރިންސް ޚާލިދު ވަރަށް ބޮޑަށް އިންކާރު ކުރެއްވިއެވެ. އަދި ދިރުމާއި މަރުވުން ވަނީ ހަމައެކަނި މާތްﷲ ގެ ހަޒްރަތައް ކަމަށް ވިދާޅުވެ އެ ގޮތުގައި އޭނާ ދެމި ހުންނެވިއެވެ.
އޭނާގެ ދަރިކަލުންގެ ހާލަތާ މެދު ސައުދީ އަރަބިއްޔާ ގެ އިތުރުން ބޭރު ދުނިޔޭގައި ވެސް ވަރަށް ބޮޑު ހަމްދަރުދީ އެއް ލިބުނެވެ. އަދި މިލިއަނުން ގުނާލެވޭ މީހުން ޕްރިންސް ގެ ހާލަތު ވަރަށް ގާތުން ބަލަމުން ދިޔައެވެ.
ޕްރިންސް އަލް ވަލީދު އަވަހާރަވުމުގެ ޚަބަރު އިޢުލާނު ކުރީ ހޮނިހިރު ދުވަހުއެވެ.
ބައިވެރިޔާއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބިފައި އޮތަސް، ގެދޮރުވެރިޔާގެ ފްލެޓް ނުގެއްލޭނެ ރާއްޖޭގެ ބޮޑުބަަޔަކަށް 45 މޭލަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެ ސަމާލުވޭ! މަސްތުވާތަކެއްޗާއެކު ފުލުހަކާއި އަދި އިތުރު މީހަކު ހައްޔަރުކޮށްފި ފުލެޓުތައް ހަވާލުކުރުމުގެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ