ރާއްޖޭގެ މޫސުން މިދުވަސްވަރު އަނެއްކާ ވެސް ގޯސްކޮށްލާފައިވާއިރު އުތުރާއި މެދުރާއްޖެތެރެއަށް ވަރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މެޓު އޮފީހުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިއްޔެ ވަނީ ހއ. އަތޮޅުން ފ. އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފަ އެވެ.
ތަފްސީލް - އިއްޔެ އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވި އެވެ. އާއްމު ވަގުތުތަކުގައި ވެސް ވައި އުޅުނީ 25 މޭލާއި 30 މޭލުގަ އެވެ.
ކަނޑުގަދަވުމުގެ ސަބަބުން، އުތުރާއި މެދު ރާއްޖެ ތެރޭގެ ގިނަ ދަތުރުފަތުުރުތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ. ހާއްސަކޮށް އާރުޓީއެލްގެ ފެރީގެ ދަތުރުތަކާއި އާއްމު ލޯންޗުތަކުގެ ދަތުރުތައް މިހާރަކު ނުކުރެ އެވެ.
މޫސުމާ ބެހޭ މިއަދުގެ މައުލޫމާތުތަކަށް ބަލާއިރު:
މިހާރު ވެސް އޮތީ ހއ. އިން ދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައި
ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ؛ އާއްމު ވަގުތުތަކުގައި ވެސް ކަނޑުތައް ގަދަވާނެ
މިއީ އާދަޔާހިލާފަށް ކަނޑުގަދަ ދުވަސްވަރެއްކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ވެސް ދަނީ އިލްތިމާސްކުރަމުންނެވެ.
އުތުރާއި މެދުރާއްޖެތެރެއަށް އާދަޔާހިލާފަށް ގަދަ؛ ބަލައިގެން ދަތުރުކުރުން މުހިއްމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ