ވިނަރެސް ފްލެޓަށް ޝަކުވާ ހުށަހެޅޭނެ މުއްދަތު އިތުރު ކޮށްފި

ވިނަރެސް ފްލެޓްގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނ ް(އެޗްޑީސީ) އިން ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.ވިނަރެސްގެ ވަގުތީ ލިސްޓް އެޗްޑީސީން އާންމު ކުރީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެ ދުވަހު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ ތިން ދުވަހުގެ މުއްދަތަކަށެވެ.އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ މިހާރު އެމުއްދަތު އިތުރު ކޮށްފައިވަނީ ޑިސެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށެވެ.ފޯމު ހުށަހެޅުމަށް 17 ޖުލައި 2022 ވަނަ ދުވަހު ހުޅުވާލެވުނު ފުރުސަތުގައި ފޯމު ހުށަހަޅާފައިވާ 1،413 މީހުންނަށް ވެސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުުރުސަތު ދީފައިވެ އެވެ.މީގެ އިތުރުން ހުށަހެޅި ފޯމާ ގުޅިގެން އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން އޮތް ނަމަ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހައުސިން ޕޯޓަލް މެދުވެރިކޮށް އެފަދަ ލިޔުންތައް ހުށަހެޅުމަށް ވެސް ފުރުސަތު ދީފައިވެ އެވެ. ވިނަރެސް ފުލެޓުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ކިޔާ ކުންފުންޏަކާ އަޅަން ހަވާލުކުރި ފުލެޓުތަކަކެވެ.ވިނަރެސްގާ 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ.ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވެ މަހުން މަހަށް އާބާދީ އިތުރުވަމުންދާއިރު ހުޅުމާލޭގެ މީހުން ދިރިއުޅޭ ދެފިޔަވަހީގެ އާބާދީ މިހާރު ގާތްގަނޑަކަށް 90000އަށް އަރާނެކަމަށް އެޗްޑީސީގެ އެންމެ ފަހުގެ އަންދާޒާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ