ފައިސާގެ މައްސަަލައެއްގައި އަންހެނަކު ހޯދަނީ

ވެރިފަރާތަށް ނޭނގި އެހެން އެކައުންޓަކަށް 180،000ރ އަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި ކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފަށައިފިއެވެ.ފުލުހުން ބުނީ އެ މީހާ އަކީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ހިންގަމުން އަންނަ ތަހުގީގަށް ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ. އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ނަމްބަރު 9790048 އަށް ގުޅައި ހިއްސާކޮށްދޭން އެދިފައިވެ އެވެ.އޮންލައިންކޮށް ކުރާ މިފަދަ ކުށްތައް އިތުރުވެފައިވާއިރު، ސްކޭމް ކޯލްތަކާއި އެކި ލިންކްތައް ފޮނުވައި އޮޅުވާލައިގެން އެކައުންޓްތަކުން ފައިސާ ނަގަމުންދާ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ. ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ވަނީ އެފަދަ މެސެޖުތަކަށާއި ކޯލްތަކަށް ސަމާލުވުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ