ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް އިތުރު ޑެސްކެއް ބަހައްޓަނީ

ގްރޭޓާ މާލެ ސަރައްޙައްދުގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަޕްރިންޓާއި ފޮޓޯ) އަޕްޑޭޓްކުރުމަށް ނޯތު ހާބަރުގައި ހުންނަ ރެސްޓޯރެންޓު ސަރަހައްދުގައި އިތުރު ޑެސްކެއް ބަހައްޓަން ހޯމް މިނިސްޓްރީން މިއަދު ނިންމައިފިއެވެ. ހޯމް މިނިސްޓްރީން ބުނީ، މިއަހަރު ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަތް ވަނަ ދުވަހު ހެނދުނު 9:30 އިން ފެށިގެން 16:00 އަށް، އަދި ރޭގަނޑު 21:30 އިން 23:30 އަށް ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށެވެ. އެގޮތަށް ނިންމީ ވަޒީފަދޭ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުންކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ. މާލޭ ނޯތު ހާބަރު ސަރަޙައްދާއި، ލޯކަލް މާރުކޭޓް އަދި އަތޮޅު ފިހާރަތަކުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަކޮށް، މާލޭ ނޯތު ހާބަރު ސަރަހައްދުގައި އޮޕަރޭޝަން ކުރަނގީގެ ޚާއްސަ ހަރަކާތެއް އިއްޔެ ހޯމް މިނިސްޓްރީން ވަނީ ފަށައިފައެވެ. މިހާރު ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ ކަންކަން ކުރަމުން ދަނީ އެންސީއައިޓީ ގައި ޤާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ