މައްޔިތާއަށް ސުވާލު ކުރެވޭނީ ކޮންއިރަކު؟

އަހުލުއްސުންނަތި ވަލްޖަމާޢަތި އިއްތިފާޤުވެފައިވާ ގޮތުގައި ސުވާލުކުރެވޭނީ މަރުވުމަށް ފަހުއެވެ. އެކަމުގެ ކައިފިއްޔަތާއި ކުރެވޭ ވަޤުތާއި ތަނަކީ އެއީ ޣައިބުގެ ޢިލްމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައިވާތީ އެކަމާބެހޭގޮތުން ވާރިދުވެގެން އައިސްފައިވާ ނައްޞުތަކުގެ މައްޗަށް ހުއްޓިފައި ހުންނަ ކަންކަމެވެ. އިންސާނުންނަށް އެކަމުގެ ޢިލްމު ދެނެގަތުން ކުޅަދާނަވެގެންނުވާ ކަމެކެވެ.
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އިންސާނާ މަރުވުމަށްފަހު، އެމީހާ ވަޅުނުލައި ފިނިކުރާ އެއްޗަކަށް ލާފައި ނުވަތަ އެނޫންވެސް ގޮތަކަށް އޭނާގެ މަސްގަނޑު ކުނިނުވާގޮތް ހަދާފައި ބޭއްވިކަމުގައިވިޔަސް އޭނާއާ ސުވާލުކުރެވޭނެއެވެ. ނުވަތަ އޭނާގެ ހަށިގަނޑު ވަޅުނުލައި އޮއްވައި ފަނިފަކުސާގެ ކާނާއަކަށް ވެ ކުނިވެގެން ވީރާނާވެގެން ދިޔަކަމުގައިވިޔަސް އަދި އަންދާ އަޅިއަށް ހަދާލިކަމުގައިވިޔަސް އަދި ވައިގެތެރެއަށް ނުވަތަ ކޯރެއްގެ ތެރެއަށް އަޅިތައް އުކާލިކަމުގައިވިޔަސް ނުވަތަ ކަނޑަށް ޣަރަޤުވެގެން ދިޔަކަމުގައިވިޔަސް ސުވާލުކުރެވޭނެއެވެ.
ކަށްވަޅުގައި އިންސާނާއާ ކުރެވޭނެ ތިން ސުވާލު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެކަލޭގެފާނުގެ އުންމަތަށް ބަޔާންކޮށްދެއްވާފައެވެ. އެ ތިން ސުވާލަކީ ތިބާގެ ރައްބަކީ ކޮބާ؟ ތިބާގެ ދީނަކީ ކޮބާ؟ އަދި ތިބާގެ ނަބިއްޔަކީ ކޮބާ؟ މި ތިންސުވާލެވެ.
އައްޝައިޚް މުޙައްމަދު ޝާފިޢު
އިބްރާހީމް ރަމީޒް
iibbey
އިބްރާހީމް ރަމީޒްiibbey
http://atollnews.com
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ