އިންސާފަށް ލޯބިކުރާ، ހުރިހާ ހިއްސުތައް ހަމަ ކޮންމެ މީހަކު ސުއޫދާއެކު ވާނެ: އިންތި

އިންސާފަށް ލޯބިކުރާ، ލޮލާއި ކަންފަތުގެ ހިއްސު ހަމަ ކޮންމެ މީހަކު ކްރިމިނަލް ކޯޓުން ސުއޫދުގެ މައްސަލަ ބަލަން ނިންމި ނިންމުމުގައި ސުއޫދާއި އެކު ވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، އިންތި ވިދާޅުވެއްޖެ އެވެ.
އިންތި މިހެން ވިދާޅުވީ އޭނާ ރޭ ކުރެއްވި ޓުވީޓެއްގައެވެ. އިންތި ވަނީ ރާއްޖޭގެ ކޯޓުތަކަށް އަމާޒުކޮށް ދެއިރު ދެދަޅައަށް ހުކުމްތައްކޮށް، އެ ހުކުމްތައް ފަޓާސްބަރިއެއްހެން އެކޮޅުކޮޅުން ޖެހިދެން ދިއުން ރޭކާލުމަކަށް ނުވޭތޯ ސުވާލު ކޮށްފައެވެ.
ގޮތް ނޭނގޭ މަރުތައް އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ގޭންގުތަކާއި ކޯޓުތައް އޮތީ ގުޅިފައި ކަމަށް ވިދާޅުވުމުން ޖޭއެސްސީން ވަނީ ސުއޫދު ދެއްކެވި ވާހަކަތައް ބެލުމަށް ވަކި ކޮމިޓީއެއް އެކުލަވާލައިފައެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުން ވަނީ ސުއޫދުގެ މައްސަލަ ބެލުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފައެވެ. ކްރިމިނަލް ކޯޓުން މި މައްސަލައިގެ އިޖުރާއީ އަޑުއެހުން މިއަދު ކުރިޔަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ