ކޮމަންޑޫގެ ރައްޔިތުން ނަރުދޫގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރިކޮށްދީފި

ށ. އަތޮޅު ކޮމަންޑޫގެ ރައްޔިތުން އެއަތޮޅުގައި ލޮކްޑައުންގައި އޮތް ނަރުދޫގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ނަރުދޫ ކައުންސިލުން ވަނީ ކޮމަންޑޫގެ ރައްޔިތުން ވެދިން އެހީތެރިކަން ފާހަގަކޮށް ފައެވެ. ކައުންސިލް މެމްބަރ މުޙައްމަދު ނިޒާރު ވިދާޅުވީ އެއަތޮޅުގެ ރަށްޔިތުންނަކީ ރަށްޔިތުންނަށް ދިމާވާ ދަތި ޙާލަތްތަކުގައި ނަމޫނާ ދައްކަމުންދާ ބައެއް ކަމަށެވެ. ކޮމަންޑޫގެ ރަށްޔިތުންގެ ފަރާތުން ލިބުނު ފަދަ އެހީތެރިކަން ކުރިން އެހެން ބައެއް ރަށްރަށުން ވެސް ލޮކްޑައުންގެ ތެރޭގައި އެރަށުގެ ރަށްޔިތުންނަށް ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އިއްޔެ ކޮމަންޑޫން ނަރުދުއަށް ފޯރުކޮށްދިން ކާބޯތަކެތީގެ ތެރެއިން ދެ ޓަނު މަސް ވެސް ހިމެނެއެވެ. މީގެ އިތުރުން ފެނާއި ފޮށިފޮށިގަނޑުގައި ބަންދުކޮށްފައިހުރި ކާބޯތަކެތި ހިމެނެއެވެ. އިއެޔެ ވާނީ މަހާ އެނޫންވެސް ގިނަ އިއްޗެހި ގޭގެޔަށް ބަހައިފައި ކަމަށް ކައުންސިލުން މަޢުލޫމާތު ދިނެވެ.
މާލެ ފިޔަވައި ކޮވިޑަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވެފައި ވަނީ ނަރުދޫއިންނެވެ. އެރަށުގެ 11 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހުން އަދިވެސް ރަނގަޅުވެގެން ދޫކޮށެއް ނުލައެވެ. ނަރުދޫ ލޮކްޑައުންގައި އޮންނަތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ