ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓު ނެރެން އޮތީ ފެބްރުއަރީ 7 ގައި: ރައީސް ނަޝީދު

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯ އިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ނެރެން އޮތީ ފެބްރުއަރީ 7، 2012 ގައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަނަކަށް ހުންނަވައިގެން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރިއާ ގުޅިގެން ނަޝީދުގެ ސަރުކާރުގައި ހަވާލު ކުރީ ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓެއް ކުރީގެ ރައީސް މުހައްމަދު ވަހީދު ފޮރުވައިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.
ފަލާހް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ވޯޓަށް އެހުމުގެ ކުރިން ވާހަކަފުޅު ދައްވަމުން ނަޝީދު ވިދާޅުވީ ތަހުގީގު ވަކި ހިސާބަކަށް ގޮސްފައި ވަނިިކޮށް އެ ތަހުގީގު ހުއްޓުވައިލީ 10 މިލިޔަން ޑޮލަރު ދީގެން ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެގޮތަށް އެއްބަސްވީ އިރު، ތަހުގީގު ހުއްޓާލަން ބޭނުންވާ މީހަކު ހުރެދާނެ ކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށްނަމަވެސް ހުއްޓާލަން ބޭނުން ވަނީ ކާކުތޯ ހިތްޕުޅަށް އެރި ކަމަށެވެ.
ވެރިކަމުގައި އެ ގޮތަށް އެ ކުންފުންޏާއެކު އެއްބަސްވެވިފައިވާއިރު ތަހުގީގު ހުއްޓާލަން ބޭނުންވާ މީހަކު އޮވެދާނެ ކަމަށް ވިސްނުމަށް އައިސްފައިނުވާ ކަމަށާއި ނަމަވެސް ހުއްޓާލަން ބޭނުންވާނަމަ ބޭނުންވާނީ ކާކުތޯ ހިތަށް އެރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ހަގީގަތުގައި ހަތެއް ފެބްރުއަރީ ދުވަހަކީ އެ ރިޕޯޓް ނެރެން އޮތް ދުވަސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގި ކަމަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއާ ގުޅޭ ގޮތުން މީގެކުރިން ވެސް ރައްޔިތުންގެ މަޖިލިހުން ބެލިއެވެ. އަދި އެ މައްސަލައިގައި ޔާމީން މަޖިލިހުގެ ކޮމިޓީ އަށް ހާޒިރުކޮށްފައިވެއެވެ.
ނަމަވެސް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ވަނީ، ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ވަހީދު ފައިސާ އަށް ބައްލަވައިގެންފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެހެންވެ، ސަރުކާރުން އެ ރިޕޯޓު ހޯދައި، ރައްޔިތުންގެ މަޖިލިހާ ހަވާލުކޮށް ދިނުމަށް ވެސް ފަލާހް ހުށަހެޅުއްވި މައްސަލައިގަައި ވަނީ ބުނެފައެވެ.
ވަހީދާ ގުޅޭ ގޮތުން މިފަދަ މައްސަލައެއް ހުށަހަޅާފައި ވަނީ އެމަނިކުފާނުގެ އަޑު ވަރަށް ބޮޑަށް ގަދަވެފައި އޮތް ދަނޑިވަޅެއްގައެވެ. އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ އެޑްވައިޒަރަކަށް ދާދި ފަހުން ވަހީދު ހަމަޖައްސާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ