ހިލޭ ބޯނަސް ޑޭޓާއާއެކު، އުރީދޫ އިން ސެމްސަންގް ޒެޑް ފްލިޕް ތައާރަފުކޮށްފި

ސެމްސަންގް އާއި އުރީދޫ ގުޅިގެން ސެމްސަންގްގެ ފަހުގެ ގެލެކްސީ ޒެޑް ފްލިޕް، ހާއްސަ އޮފަރއަކާއެކު ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.
ސެމްސަންގްގެ މި އީޖާދީ ފޯނަކީ ފުލް ސްކްރީން ފޯނެއް ކަމުގައިވިޔަސް، އެހެން ފޯނުތަކާ ހިލާފަށް ގެންގުޅެން ފަސޭހަ، ފަތް ޖަހާލެވޭ ގޮތަށް އުފައްދާފައިވާ މޮޅު ފޯނެކެވެ. ޑުއަލް ބެޓެރީއާއެކު ފަރުމާ ކުރެވިފައިވާ މިފޯނުގެ ބެޓެރީ މުޅި ދުވަހަށް ހިފަހައްޓާއިރު، ފޯލްޑަބަލް ފީޗަރ އާއިއެކު ފޮޓޯ ނަގާ ބޭފުޅުންނަށް ވެސް ތަފާތު އޭންގަލްތަކުން ކޮލިޓީ ފޮޓޯ ނެގުމަށް ފަހި ކޮށްދެއެވެ.
ސެމްސަންގް ޒެޑް ފްލިޕް އެންމެ ފުރިހަމަ އަގުގައި އުރީދޫ އީ-ކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ލިބޭނެ ކަމަށާއި ކޮންމެ ފޯނަކާއެކު އުރީދޫ ޕްރީޕެއިޑް، މިކްސް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހަކު 2020 އެމްބީ ހިލޭ ޑޭޓާ ވެސް މި އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕްގެ 256 ޖީބީގެ މިރަރ ޕާޕަލް ފޯނެއް 22,699 ރުފިޔާ އަށް ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕް، އުރީދޫގެ އީ-ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ގެންގޮސްދޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ