ކޮވިޑް-19: އައިޖީއެމްއެޗް އިން ފައްސިވި މީހުންގެ އަދަދު 11 އަށް އަރައިފި

އައިޖީއެމްއެޗް އިން މިހާތަނަށް 11 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑޮކްޓަރ އަލީ ނަޒީމް ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވީ ފަސް ބަލި މީހަކާއި ހަތަރު މުވައްޒަފެއްގެ އިތުރުން ބަލި ދެ މީހެއްގެ އާއިލާ ދެމެންބަރެއް ކަމަށެވެ.
އައިޖީއެމްއެޗް އިން ކޮވިޑް-19 ކްލަސްޓާއެއް ފެނުމުން މިހާތަނަށް 27 މުވައްޒަފަކު ވަނީ ގޭގައި އެކަހެރި ކޮށްފައެވެ.
އައިޖީއެމްއެޗް އިން ފުރަތަމަ ކޮވިޑް-19 އަށް ފައްސިވީ އައިސީޔޫގައި އެޑްމިޓް ކޮށްފައި އޮތް އިންޑޮނޭޝިއާ މީހެކެވެ. އޭނާ ވަނީ މިހާރު ނިޔާ ވެފައެވެ.
ޑރ.އަލީ ނަޒީމް ވިދާޅުވީ ފަރުވާ ދެމުންގެންދާ އައިޖީއެމްއެޗް އިން ކޮވިޑް-19 އަށް ފައްސިވި މުވައްޒަފުންނާއި އިތުރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އައިޖީއެމްއެޗުގެ އައިސީޔޫން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކުން އަނެއްކާ ވެސް ވަނީ ވަރަށް ބޮޑަށް ލިމިޓްކޮށްފައެވެ.
އައިޖީއެމްއެޗްގެ އައިސީޔޫން ބަޔަކު ކޮވިޑް-19 އަށް ފައްސިވީ އަމަލު ކުރަމުންނަ އަންނަ އުސޫލުތަކާއި ހިލާފަށް އަމަލުތައް ކޮށްގެންތޯ ސުވާލު ކުރުން ޑރ.އަލީ ނަޒީމް ވިދާޅުވީ އައިސީޔޫން ބަޔަކު ފައްސިވުމުން ބަލަން ޖެހޭ ކަންކަން އައިޖީއެމްއެޗްގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން ބަލަމުން އަންނަ ކަމަށެވެ.
އައިޖީއެމްއެޗް އިން މިހާރު ވަނީ އެހޮސްޕިޓަލްގައި އެޑްމިޓް ކުރާ ހުރިހާ އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ