އައިޖީއެމްއެޗްގެ ކްލަސްޓާ ދަނީ ބޮޑުވަމުން، ކަންބޮޑުވުންތައް ދަނީ އިތުރުވަމުން

އައިޖީއެމްއެޗްގެ އައިސީޔޫގައި ކޮވިޑް-19 ފެތުރެން ފަށައި، އެޑްމިޓް ކޮށްފައި ތިބި ބައެއް މީހުންނާއި އެމީހުންގެ އާއިލާގެ ބައެއް މެންބަރުންނާއި އަދި ހޮސްޕިޓަލްގެ މުވައްޒަފުން ވެސް މިހާރު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އައިޖީއެމްއެޗުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11 އަށް އަރާފައެވެ.
މިރޭ އެޗްއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަލީ ނަޒީމް ވިދާޅުވީ އައިޖީއެމްއެޗް އިން ކޮވިޑް-19 ކްލަސްޓާއެއް ފެނުމުން އަދިވެސް އިތުރު މީހުން ޓެސްޓް ކުރަމުން ގެންދާ ކަމަށެވެ. މިހާރު ވެސް 27 މުވައްޒަފަކު ވަނީ އެކަހެރިކޮށްފައެވެ.
ރާއްޖޭގެ ހާލަތައް ބަލާއިރު ކޮވިޑް-19 އަށް އިތުރު 25 މީހަކު ވަނީ ފައްސިވެފައެވެ. ނަމަވެސް ދުވަހުން ދުވަހަށް ބަލާއިރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުންނެއް ނުދެއެވެ. އެހެންކަމުން އެއީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެކެވެ.
ދުނިޔޭގެ ހާލަތައް ބަލާއިރު 111,857 މީހަކު ކޮވިޑް-19 އަށް މިއަދު މިހާތަނަށް ފައްސިވެ، 2598 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ