ނަހުލާގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ރޭގެ ވަގުތެއްގައި އޭސީސީ އަށް ހުށަހެޅި މި މައްސަލައަކީ ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ލާޒިމްކޮށް ހެދި ގަވާއިދު ބޯޑަށް ހުށަނާޅައި އުވާލުމާ ގުޅިގެން 70 ފަރާތަކުން ސޮއިކޮށް ހުށަހެޅި މައްސަލައެކެވެ.
ރާއްޖޭގައި ހިންގަމުންދާ ޝިޕިން އެޖެންސީތައް ރެގިއުލޭޓް ކުރުމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީން 16 ޖުލައި ގައި ޝާއިޣު ކުރި އުވާލާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ އެ ގަވާއިދު އުވާލަން ނިންމީ އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން، ޤަވާއިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާތީ އާއި އަދި މިޤަވާއިދުގައި ބައިނަލްއަޤުވާމީ މިންގަޑުތަކާއި ތަޢާރަޒުވާ ޓެކްނިކަލް މައްސަލަތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.
އެ ގަވާއިދުގައި ބުނެފައިވާ ގޮތުން މިދިޔަ އޮގަސްޓް މަހުގެ 16ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިން އެޖެންސީ ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި އެ މުއްދަތަށްފަހު ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމަކީ މަނާ ކަމެކެވެ.
އަދި ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިންގ އޭޖެންޓުކަން ކުރަންވާނީވެސް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޝިޕިން އެޖެންޓުކަން ކުރުމަށް ޝިޕިން އޭޖެންޓުންނަށް ދޫކުރާ ލައިސަންސެއް އޮވެގެން ކަމަށްވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ