މިނިސްޓަރެއްގެ ދަރިއެއް ޤަވަައިދާއި ޚިލާފުވެގެން ހުއްޓުވި ގުޖްރާތުގެ އަންހެން ފުލުހެއް ވަޒީފާއިން ވަކިކޮށްފި

އިންޑިއާ އަކީ އަބަދުވެސް މަތީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް ޤާނޫނުގެ ބާރު ނުހިނގާ ޤައުމެއްކަން ރިޕޯޓުތަކުން ހާމަވެއެވެ.
އެފަދަ ހާދިސާއެއް ވަރަށް ފަހުން ވެސް މިވަނީ ހިނގާފައެވެ.
ގުޖްރާތުގެ ސޫރަތުގައި މަސައްކަތް ކުރަމުންދިޔަ ސުނީތާ ޔާދަވް ނަމަކަށް ކިޔާ އަންހެން ކޮންސްޓަބަލެއް، މީގެ ދެ ދުވަސް ކުރިން ވަޒީފާއިން ވަކިކުރީ މިނިސްޓަރެއްގެ ދަރިއަކު ލޮކްޑައުންގެ ޤަވާއިދާއި ޚިލާފުވުމުން، އެކަން ހުއްޓުވަން މަސައްކަތް ކުރުމުންނެވެ.
ދައުރުވެފައިވާ ވީޑިއޯއަކުން ފެންނަނީ މިނިސްޓަރ އޮފް ސްޓޭޓް އިފް ހެލްތު ކިޝޯރް ކަނާނީގެ ދަރި ޕްރަކާޝް މާސްކެއް ވެސް ނާޅާ އަދި ކާރފިއު ގަޑީގައި ބޭރަށް ދިޔުމުން، ސުނީތާ އޭނާ ހުއްޓުވާ މަންޒަރެވެ. އެކަމާއި ގުޅިގެން ޕްރަކާޝް ބޭއަދަބީކޮށް ސުނީތާއާއި ވާހަކަ ދައްކާ މަންޒަރު ވެސް ފެނެއެވެ.
ޕްރަކާޝް ބުނެފައިވަނީ އޭނާއަކީ އެމްއެލްއޭ އެއްގެ ދަރިއެއް ކަމަށާއި އޭނާ ބޭނުންނަމަ ސުނީތާ އެތަނުގައި 365 ދުވަސް ވަންދެން ކޮޅަށް ވެސް ބަހައްޓާފާނަން ކަމަށެވެ. ސުނީތާ އެއަށް ރައްދު ދެމުން ބުނީ އޭނައަކީ އެމީހުންގެ އަޅެއް ނޫން ކަމަށާއި ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން ސުނީތާ އަށް ޕްރަކާޝް އިންޒާރުވެސް ދެއެވެ. މަދަދަށް އެދި އިންސްޕެކްޓަރަކަށް ގޮވުމުން އޭނާ ސުނީތާ ގާތު ބުނަނީ އެތަނުން ދިޔުމަށާއި ދެން ގޭގައި މަޑުކުރުމަށެވެ.
ސުނީތާގެ ހިތްވަރަށް މީސް މީޑިއާގައި އެތަށްބަޔަކު އަންނަނީ މީސްމީޑިއާ ގައި ސަނާ ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ