އެމްޑީއެން އާ ގުޅޭގޮތުން ފުލުހުން ހިންގާ ތަހުގީގުގެ މައުލޫމާތު އިލްމުވެރިންނާއި ހިއްސާކޮށްފި

ލާދީނީ ރިޕޯޓް އާއްމު ކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމް.ޑީ.އެން) އާ ގުޅޭގޮތުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް ދީނީ އިލްމުވެރިންގެ ގުޅުމާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ހިއްސާކުރައްވައިފިއެވެ.
އެ މައުލޫމާތު ހިއްސާކުރައްވާފައި ވަނީ މިއަދު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އިލްމުވެރިންގެ ގުޅުމުން ފާހަގަކުރެއްވި ކަންކަން އަޑުއައްސަވައި، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމް.ޑީ.އެން) އާ ގުޅޭގޮތުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދެއްވާފައެވެ.
އަދި ކޮވިޑް 19 ގެ ތެރޭގައި ހުރިހާ ދީނީ އިލްމުވެރިން ގައުމީ އެއްބައިވަންތަކަން އިސްކުރައްވައި، ކަންކަމުގައި ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށް ސީޕީ ވަނީ ވާހަކަދައްކަވާފައެވެ.
އަދި ދިވެހި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރުމުގައި ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން ކުރަންޖެހޭ ކަންކަން އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ އަރުވާފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން އިލްމުވެރިންނާއި ގުޅިގެން ކުރެވޭކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ