ސުނާމީގައި ގެދޮރު ގެއްލުނު ގިނަ މީހުންނަށް ހައްލު ހޯދައިދިނީ ޔާމީން

ސުނާމީ ކާރިސާގައި ގެދޮރު ގެއްލުނު ގިނަ މީހުންނަށް ހައްލު ހޯދައިދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅުވައި ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ޝަހީމް ވިދާޅުވީ ސުނާމީއަށް ދިހަ އަހަރުވީ އިރު ވަރަށް ގިނަ މީހުން ތިބީ ވަގުތީ ހިޔާތަކުގައި ކަމަށާއި ވެރިކަމަށް ވަޑައިގަތްތާ 6 މަސް ދުވަހުގެ ތެރޭގައި ވަގުތީ ހިޔާތަކުގައި ނިކަމެތިވެފަ ތިބި ފަރާތްތަކުގެ ގެތައް ނިންމައި ދާއިމީ ހިޔާވަހިކަން ހޯއްދަވާދެއްވީ ޔާމީން ކަމަށެވެ.
"އެމަނިކުފާނުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ކަމާގުޅޭ ވަޒީރުންނަށް އެންގެވީ ކޮންމެ އަގެއް ދައްކައިގެންވެސް ގެތައް ނިންމައި ރައްޔިތުން ދާއިމީ ހިޔަލަށް ބަދަލު ކުރުމަށް. ރައީސް ޔާމީނަކީ ރައްޔިތުންނާ ޤައުމު ދެކެ ވަރަށް ލޯބިވީ ރައީސެއް" ޝަހީމް ވިދާޅުވިއެވެ.
އަދި ޔާމީނަށް އިންޞާފު ލިބި ޖަލުން މިނިވަންވެ ދިވެހި ޤައުމަށް އަލުން ޚިދުމަތްކުރެއްވުމުގެ ތައުފީޤު ދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
އެއްބައިވަންތަކަމުގެ ދުވަސް ދިވެހިން ފާހަގަކުރަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިންގެ ފަރާތުން ފެނިގެންދިޔަ އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ