އިދިކޮޅު މުޒާހަރާ ތެރެއިން އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް

އިދިކޮޅު ޕީއެންސީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ވަގުތީ ރައީސް، އަބްދުއްރަހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.މައުލޫމާތު ލިބިފައިވާގޮތުގައި ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާއަށްފަހު އަބްދުއްރަހީމް އެ ސަރަހައްދުގައި ހުންނަވަނިކޮށް ފުލުހުން ވަނީ، ފުލުހުންގެ ލޮރީއަކަށް ލައިގެން އަދުރޭ ގެންގޮސްފައެވެ.އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއަދު ކުރިއަށްގެންދިޔަ ސުލްހަވެރި އިހްތިޖާޖުގެ 16 ބައިވެރިއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.ހީނާ ވިދާޅުވިގޮތުގައި، އެ މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި، އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބް ރައީސް ޝުޖާއި އާއި ކައުންސިލް މެންބަރުން ހިމެނެއެވެ. އިދިކޮޅު ކޯލިޝަން ލީޑާޝިޕްގެ އިސް ފަރާތްތަކާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން އިދިކޮޅުގެ ބައެއް ސަޕޯޓަރުން ހިމެނޭ ގޮތަށް، އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގައިދުރުކަމެއް ނެތިކުރިއަށް ގެންދާ އިހުތިޖާޖްގެ ބައިވެރިން ފުރަތަމަ މިސްރާބު ޖަހާފައިވަނީ އިލެކްޝަންސްް ކޮމިޝަންގެ އޮފީހާއި ދިމާލަށެވެ. އަދި ފުލުހުން އެ ކަމަށް ހުރަސް އެޅުމުން އިންތިހާބީ މަރުކަޒު ހުންނަ ބާ ޖަމާލުއްދީން ކައިރީގައި އިހުތިޖާޖް ކޮށްފައިވެ އެވެ. މިއީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެކަން ބަލައިނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް ނިންމި ނިންމާއެކު މަގު މައްޗަށް ނިކުތް ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ