މޮބައިލް ލީގަލް އެއިޑް ކްލިނިކް މިފަހަރު ލ.އަތޮޅުގައި!

އާންމު ރައްޔިތުން ގާނޫނަށް ހޭލުންތެރިކުރުވުމަށާއި މުޖުތަމައުގައި ހަވާސާވެފައި ތިބޭ ފަރާތްތަކަށް ގާނޫނީ އެހީތެެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި މޮބައިލް ލީގަލް އެއިޑް ކްލިނިކެއް ލ.އަތޮޅުގައި ބޭއްވުމަށް ނިންމައިފިއެވެ.
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހުން 29ވަނަ ދުވަހަށެވެ. މި ޕްރޮގްރާމްގައި ނުވަ ގާނޫނީ ވަކީލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި މޮބައިލް ލީގަލް އެއިޑް ކްލިނިކްގައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމްއާއި އަސާސީ ހައްގުތަކަށް ޢާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގާ ޕްރޮގްރާމަކާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ގެވެށި އަނިޔާއިން ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމާއި ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް ހިންގާ ޕްރޮގްރާމެއް ކުރިއަށް ގެންދާނެއެވެ.
މި ޕްރޮގްރާމް ކުރިން ކުރިޔަށް ގެންދެވިފައިވަނީ އައްޑޫ، ބ. އޭދަފުށި، ގދ. ތިނަދޫ، ހދ. ހޯރަފުށި އަދި ހދ. ކުޅުދުއްފުށީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ