އެޗްޑީސީގެ ސްމާޓް ސިޓީގެ ބައިވެރިއަކަށް ވާން ބޭނުންތަ؟ އަވަހަށް ސައިންއަޕް ކޮށްލާ!

އެޗްޑީސީގެ ސްމާޓް ސިޓީގެ ބައިވެރިއަކަށް ވާން ބޭނުންވާ ފަރާތްތަކުން އަވަހަށް ސައިންއަޕް ކުރުމަށް އެޗްޑީސީން އެދިއްޖެއެވެ.
އެޗްޑީސީން ބުނީ ހުޅުމަލެއަކީ ސްމާޓް ސިޓީ އެއްގެ ގޮތުގައި ރާއްޖޭގައި ތަރައްގީ ކުރާ ފުރަތަމަ ސިޓީ ކަމަށެވެ. އެގޮތުން ހުޅުމާލެއަކީ އާ ހިޔާލުތަކާއި އީޖާދުތަކަށް ރަނގަޅު ފުރުސަތުތަކެއް އޮތް ތަނެއް ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީގެ އަމާޒަކީ ގުޅި ލާމެހިފައިވާ ޓެކް ކޮމިއުނިޓީއެއް އުފެއްދުން ކަމަށް ވާއިރު ވިޔާފާރިތަކާއި ވިޔަފާރިވެރިންނާއި އާންމުންނާއި އިދާރަތައް ގުޅިލާމެހިގެން ދިއުމަކީ އެ ކޯޕަރޭޝަންގެ މައިގަނޑު އަމާޒެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ އެ އާމާޒަށް ވާސިލުވުމަށް ތަފާތު އާ ހިޔާލުތަކުގެ ކުދި ޕްރޮޖެކްޓުތައް ފެށުމަށާއި އެ މަޝްރޫއުތައް ނުވަތަ ހިޔާލުތައް ކާމިޔާބު ކުރުމުގައި އެޗްޑީސީއާ ބައިވެރިވެގެންވެސް ކުރިއަށް ދެވިދާނެ ކަމަށެވެ.
އެޗްޑީސީ ސްމާޓް ސިޓީގައި މިލިންކު މެދުވެރިކޮށް ސައިންއަޕް ކޮށްލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ