އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ ހީލަތުން ފައިސާ ހޯދި ދެ މީހަކު ހޯދަނީ

މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން އެމީހުންގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފި އެވެ.
ފުލުހުން ހޯދަން އިއުލާން ކޮށްފައި ވަނީ އދ. މާމިގިލި/ ނޭޕާލް، އާއިޝަތު މާޝާ ޝާހީން، 26އ. އާއި ހރ. ހޯރަފުށި/ އަޝްރަފީގެ، ނައުފަލް އަހުމަދު، 33އ. އެވެ.
ފުލުހުން ބުނީ، އެމީހުންނަކީ ގަލޮޅު ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާ ދެމީހުން ކަމަށެވެ.
އެމީހުން ހާޒިރުވާން އަންގާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުގެ 10:00 އަށް، ޝަހީދު ހުސެއިން އާދަމް ބިލްޑިންއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ