ގެސްޓްހައުސް ވިޔަފާރީގެ ތެރެއިން ރައްޔިތުން ދީނާ ދުރުހެލިވާނެކަންކަން ކުރުމުން ފިޔަވަޅުނާޅާތީ ދީނީ ޢިލްމްވެރިންގެ ކަންބޮޑުވުން އިތުރުވަނީ!

"ގެސްޓްހައުސް ވިޔަފާރިއަކީ އޭގެ ޒާތުގައި ހަމަ ވަރަށްވެސް ރަނގަޅު ވިޔަފާރިއެއް! ނަމަވެސް އެކަން ކުރަން އޮންނަ ރީތިމިންގަނޑުން ބޭރުވެ، ހިތުހުރި ގޮތަކަށް މިވިޔަފާރި ކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި ރަށަށާ، އަޅުގަނޑުމެންގެ ޅަދަރިންނަށް ކުރާނެކަމެއް! ޑޮލަރަށްޓަކައި ޖީލެއް ހަލާކުކޮށްނުލާ"!
"ފޮޓޯއިން އެފެންނަނީ އުކުޅަހު ގެސްޓްހައުސް އެއް! މިއީ މުޅިން މަނާކަމެއް! ކްރިސްމަސް ވެގެން ރާއްޖޭގައި ކުރުން މަނާ ކަންކަން ބައެއް ގެސްޓްހައުސްތަކުން ކުރަމުން ގެންދާކަން ފާހަގަ ކުރަން. ނަޞާރާ ދީނުގެ ޢަޤީދާގެ ކަންކަމުގައި އިސްލާމުންބައިވެރިވުން ހުއްދަވާނީ ކިހިނަކުން ތޯ؟!" 
- ޝައިޚް ޢަލީ ޒައިދު
"މިފަދަ ލާދީނީ ކަންތައް ހުއްޓުވާ އަޅަންޖެހޭ ފިޔަވަޅު އަޅަން ޖެހޭ. މިއީ އޮޅިގެންވީ ކަމެއް ކަމަށް ހަދާފައި ދޫކޮށްލައިގެން ނުވާނެ." ޑރ. އިޔާޟްގެ މިޓްވީޓް ވަނީ ފުލުހުންނަށް ޓެގްކުރައްވައިފައެވެ. އަދި މިދިއަ އަަހރު މިފަދަ ކަންކަންކުރި ފަރާތްތަކަށް ފިޔަވަޅުނާޅާކަންވެސް ޑރ. އިޔާޟް ވަނީ ފާހަގަކުރައްވައިފައެވެ. 
"ތިމާގެ ޢަޤީދާ އާއި އަބުރާއި ޢިއްޒަތަކީ އެމެރިކާ ފައިސާ އަށްވުރެ އަގުބޮޑު އެއްޗެކެވެ. ޑޮލަރުގެ ބޭނުމުގައި އެއިން ކަމެއް ޤުރްބާންކޮށްފިމީހާ ދެދުނިޔެއިން ގެއްލި ހަލާކުވީއެވެ." ޑރ. އިޔާޟް
އެރަށުގައި ގެސްޓް ހައުސްހިންގާ ބައެއް ބުނެފައިވަނީ އަންހެނުން ދެފޮތިކޮޅުގައި ނުވަތަ ބިކިނީގައި އުޅުމަކީ އައުރަ ނިވާނުކޮށް އުޅުންކަމަށް ޤަބޫލުނުކުރާކަމަށެވެ. މިފަދަ އެތައް މައްސަލަތަކެއް އެރަށާއި އެހެންވެސް ބައެއް ރަށްތަކުން އަންނަނީ ކުރިމަތިވަމުންކަން ފާހަގަކުރެވެއެވެ. 
ފޮަޓޯއިން އެފެންނަނީ އުކުޅަހު ގެސްޓްހައުސް އެއް! މިއީ މުޅިން މަނާކަމެއް! ކްރިސްމަސް ވެގެން ރާއްޖޭގައި ކުރުން މަނާ ކަންކަން ބައެއް ގެސްޓްހައުސްތަކުން ކުރަމުން ގެންދާކަން ފާހަގަ ކުރަން. ނަޞާރާ ދީނުގެ ޢަޤީދާގެ ކަންކަމުގައި އިސްލާމުންބައިވެރިވުން ހުއްދަވާނީ ކިހިނަކުން ތޯ؟! pic.twitter.com/ZUt3hmDqnJ
— Ali Zaid (@alizaid1000) December 6, 2021
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ