ޔާމީން ވިދާޅުވަނީ: ގާސިމާއި އޭނާ އަކީ އެކައްޗެއް ކަމަށް!

މަންޒަރު ފެންނަނީ މަޝްހޫރު ވިޔަފާރިވެރިޔާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ސިޔާސީ ގޮތުން ވަރަށް ބޮޑު "ދެ ހަތުރުން"ގެ ގޮތުގަ އެވެ. ނަމަވެސް ސަރުކާރު ވައްޓައިލަން އުޅުއްވި ކަމަށް ދެ ބޭފުޅުންގެ މައްޗަށް ތުހުމަތުކޮށް ދެ ބޭޅުން އެކުގައި ބަންދު ކުރުން ވެގެން ދިޔައީ ދެ ބޭފުޅުންގެ މެދުގައި "ގުޅުމެއް" އުފެދުނު ކަމަށް ބުނާނެ ޖާގައެއް ލިބުނު ކަމަކަށެވެ. އެ ސުވާލަށް ޔާމީން ޖަވާބު ދެއްވައިފި އެވެ؛ޔާމީން ވިދާޅުވީ އޭނާ އާއި ގާސިމް އިބްރާހިމާ ދެ ބޭފުޅުންގެ މެދުގައި ވަރަށް ބޮޑަށް ގުޅުން ރަނގަޅުވެފައިވާ ކަމަށާއި އެ ގުޅުން ރަނގަޅުވެ، އިތުބާރު އުފެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދުގެ މަގުބޫލުކަން ކުޑަވެފައިވާ ކަމަށާއި މިކަހަލަ ދަނޑިވަޅެއްގައި އޭނާ އާއި ގާސިމް އިބްރާހިމްގެ ގުޅުން ވާނީ ރައީސް ނަޝީދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާނެ "ގުޅުމެއް" ކަމަށެވެ.  "ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ގާސިމަކީ ކިހާވަރެއްގެ ފޯސް އެއްކަން. ކިހާވަރެއްގެ ބާރެއްކަން. ރައީސް ނަޝީދުގެ ހިތްޕުޅު ވަރަށް ނުތަނަވަސްވާނެ ރައީސްގެ ޕޮޕިއުލަރިޓީ ކުޑަވެފައި ވަނިކޮށް ގާސިމާއި އަޅުގަނޑާ ގުޅުނީމާ، ރައީސް ވަރަށް ކަންބޮޑުވާނެ،" ޔާމީން ވިދާޅުވި އެވެ.މާދަމާ ނުކުންނަ "ސަން" މެގެޒިންގެ ހަތް ވަނަ ނަމްބަރަށް ޔާމީން ދެއްވާފައިވާ އިންޓަވިއުއެއްގައި ޔާމީން ވިދާޅުވެފައި ވަނީ އޭނާ އާއި ގާސިމާ ދެ ބޭފުޅުން ވެސް އޮޕޮޒިޝަންގައި ތިއްބަވައިގެން މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުން ފެށިގެން ދެ ބޭޅުންގެ މެދުގައި ގުޅުން ރަނގަޅުވާން ފަށާފައިވާ ކަމަށާއި އެކަން އެހެން ދިމާވީ ދެ ބޭފުންނަށް ވެސް އެއް މިސްރާބަކަށް ދަތުރުކުރެވޭތީ ކަމަށެވެ."އަޅުގަނޑުމެން ދެ މީހުންގެ ގުޅުން ވަރަށް ރަނގަޅު ވެއްޖެ. ކުރިން އަޅުގަނޑުމެން ދެ މީހުނަށް މަސައްކަތް ކުރެވުނީ އެއް އަމާޒަކަށް ނޫން. ދެ މީހުން ވެސް ދަތުރުކުރީ ދެ މިސްރާބަކަށް،" ޔާމީން ވިދާޅުވި އެވެ. "ގާސިމަކީ ވަރަށް ވަރުގަދަ ބޭފުޅެއް. އަޅުގަނޑަކީ ވެސް އުސޫލުތަކެއް ގަބޫލު ކުރާ މީހެއް. އޮޕޮޒިޝަންގައި އަޅުގަނޑުމެން ދެ މީހުންގެ މަސައްކަތަކީ އެކައްޗެއް. އެހެންވީމާ ކުރިޔަށް ވުރެ މިހާރު ދެ މީހުންގެ ގުޅުން ކިތަންމެހާ ތަނެއް ރަނގަޅު"ޔާމީން ވިދާޅުވީ އެ ދެ ބޭފުޅުންގެ މެދުގައި ވަރަށް ބޮޑުތަން ގުޅުން ރަނގަޅުވެ، މިހާރު އިތުބާރު ވެސް އުފެދިފައިވާ ކަމަށާއި ދެ ބޭފުޅުން ބަންދުކުރުމުން ދޫނިދޫގައި ތިއްބެވި އިރު ވަރަށް ގިނައިން އެކުގައި އުޅުއްވަން ދިމާވުމުން ވެސް އިތުރަށް ގުޅުން ރަނގަޅުވެފައިވާ ކަމަށެވެ."ދޫނިދު އަށް އަޅުގަނޑުމެން ގެންދިޔަ މައްސަލައިގައި ދެ މީހުންގެ މައްޗަށް ކުރީ އެއް ޗާޖެއް، ހުކުމް ވެސް އެއް ހުކުމެއް. މަސައްކަތްކުރީ ވެސް އެކުގައި ދެ މީހުންގެ ލޯޔަރުންގެ ޓީމު ވެސް، ރިސާޗް ކުރުމުގައި ގުޅިގެން މަސައްކަތްކުރީ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ