ޓްރެފިކް ޕޮލިހުން އައްޑޫގައި ހާއްސަ އޮޕަރޭޝަނެއް

މިއުސަމް އައްބާސް
އައްޑޫގައި ހިނގަމުންދާ މަގުމަތީގެ އެކްސިޑެންޓްތައް މަދުކޮށް ގަވާއިދާއި ހިލާފަށް އެއްގަމު އުޅަނދު ބޭނުންކުރާ ފަރާތްތައް ހޯދުމަށް ޓްރެފިކް ޕޮލިހުން އައްޑޫގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށައިފި އެވެ.
އައްޑޫގައި ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނަކީ މިއަހަރަށް ފުލުހުން ކުރުމަށް ކަނޑައަޅާފައިވާ ކަންކަމަށް ސަމާލުކަންކަމަށް ސަމާލުކަން ދީގެން ހިންގާ އޮޕަރޭޝަނެކެވެ. އެގޮތުން ފުލުހުން ބުނާ ގޮތުގައި މިހާތަނަށް ވަނީ ގިނަ އަދަދެއްގެ ވެހިކަލްތައް ޗެކްކުރެވިފައެވެ.
މި އޮޕަރޭޝަނުގެ ސަބަބުން ފުލުހުންނަށް ވަނީ ގިނަ މައްސަލަތަކެއް ފެނިފައެވެ. އެގޮތުން ލިންކް ރޯޑްގައި 60 ގަޑިއަކު ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ ފަރާތްތައް ހެލްމެޓް ނާޅާ މައްސަލައާއި، ލައިސެންސް ނެތި ގިނަ ބަޔަކު ދުއްވާއެއްޗެހި ދުއްވާ މައްސަލައިގެ އިތުރަށް 18 އަހަރުން ދަށުގެ ކުދިން އުޅަނދު ދުއްވާ މައްސަލަވެސް ވަނީ ފުލުހުންނަށް ފާހަގަ ކުރެވިފައެވެ.
މީގެ އިތުރަށް މި އޮޕަރޭޝަނުގެ ދަށުން ފުލުހުން ވަނީ އައްޑޫއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހަކުވެސް ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ