އެއާރޕޯޓު ހިންގާނީ އެމްއޭސީއެލްއިން: ޖިހާދު

ކުރިއަށް އޮތްތަނުގައި އިބްރާހީމު ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓު ހިންގާނީ މޯލްޑިވްސް އެއާރޕޯޓްސް ކުންފުނިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެއާރޕޯޓު ހިންގާނީ ކަމާ ބެހޭ ތަޖުރިބާ ކާރުންގެ އެހީތެރިކަމާއެކު އެމްއޭސީއެލްއިން ކަމަށް ނިންމާފައިވާ ކަމަށާއި އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.
އެގޮތުން އެމްއޭސީއެލްއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ޖިހާދު ވިދާޅުވިއެވެ.
އެއާރޕޯޓު އިންޑިއާގެ ޖީއެމްއާރު ކޮންސޯޓިއަމްގެ އަތުން ނެގުމަށް ސަރުކާރުން މިއަދުވަނީ ނިންމާފައެވެ. އަދި ޖީއެމްއާރައި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުން އުވާލާ 7 ދުވަހުގެ މުހުލަތެއް ޖީއެމްއާރަށްވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ