މަސްތުވާތަކެއްޗާއެކު 14 ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއެކު 14 ބިދޭސީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝް މީހަކާއި ސްރީލަންކާގެ 13 މީހެކެވެ. މީގެ ތެރޭގައި 2 އަންހެނަކުވެސް ހިމެނެއެވެ.
މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރޭ 12:30 ހާއިރު ގަލޮޅުގައި ހުންނަ ގަރާޖެއްގެ ތެރެއިންނެވެ.
މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް އެ ގަރާޖް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު 4 ފުޅިއާއި 7 ޕެޓް ފުޅި ފެނިފައިވަނީ އެގަރާޖް ތެރޭގައި ހުރި ފޮށިގަނޑެއްގެ ތެރެއިންނެވެ. މިތަކެތީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 14 މީހުންގެ ތެރެއިން އެކެއްގެ ވޮލެޓުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ޕެކެޓްވެސް ފެނިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ