މިއަހަރު ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ އަނެއްކާ ވެސް ރުފިޔާގެ އަގުވެއްޓުން: ޔާމީން

މިއަހަރުގެ ތެރޭގައި އިގްތިސާދަށް ދިމާނެ އެންމެ ބޮޑު އެއް މައްސަލައަކީ އަނެއްކާ ވެސް ދިވެހި ރުފިޔާގެ އަގުވެއްޓުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.ޕީޕީއެމް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މިހާރު ވެސް ދިވެހި ރުފިޔާގެ އަގު އުޅެނީ ރަސްމީ އަގަށްވުރެ މަތީގައި ކަމަށާއި އަދި މިއަހަރުގެ ތެރޭގައި އެމިންވަރު އިތުރަށް ބޮޑުވާނެ ކަމަށެވެ.“މިހާރު މިއޮތް ގޮތަށް އޮވެގެން މިއަހަރުގެ މެދެއްހާ ތަނަށް ދިއުމުގެ ކުރިން އަނެއްކާ ވެސް ޑޮލަރު ލިބުމުގެ ދަތިކަން އަޅުގަނޑުމެން ރައްޔިތުންނަށް އިހުސާސްވެގެންދިޔައިމަ ދިވެހި ރުފިޔާގެ އަގު އަނެއްކާ ވެސް މިއަށްވުރެ ބޮޑުތަން ދަށްކުރަން ދިވެހި ސަރުކާރަށް މަޖުބޫރުވާނެ،” އޭނާ ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ ޑިއުޓީ ހިލޭކޮށްފައި ޖީއެސްޓީ ނެގުމަކުން ރާއްޖެ އެތެރެކޮށް ވިއްކާ މުދާ އަގު ހެޔޮވުމަކީ އެއްގޮތަކަށް ވެސް ވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ރައްޔިތުންގެ އާމްދަނީ އިތުރުނުވާނަމަ އާއްމު ދިރިއުޅުމުގެ ހާލަތު ވެސް ރަނގަޅެއްނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. “ހަގީގަތުގައި ދައުލަތުގެ އިގްތިސާދީ ހާލަތަށް ބަލާއިރު އިގްތިސާދީ ހާލަތު ރަނގަޅެއްނޫން. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް. މީގެ އުނދަގޫ އުފަލަން ޖެހޭނީ ވިޔަފާރިވެރިންނެއް ނޫން. އަމިއްލަ ފަރުދުން،” ޔާމީން ވިދާޅުވި އެވެ.އޭނާ ވިދާޅުވީ “ފަރުދުންގެ އާ އަހަރު މި ފެށީ އެހާ އުފާވެރި މެސެޖަކުން ނޫން” ކަމަށެވެ.“ފަރުދުންގެ އާ އަހަރު މިފެށީ ގެއަށް ގަންނަ ނޫޑްލްސް ޕެކެޓް ތިން ރުފިޔާ ކުރީގަ ދައްކާ ކަމަށްވަންޏާ އިތުރު ތިން ރުފިޔާއެކީ.މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް މިހާރު މިއޮތްވަރުން އުފާ ފާގަތި އަހަރަކަށްވެގެންދާނެ ކަމަށް ގަބޫލުކުރަން ފަސޭހައެއް ނޫން،” ޔާމީން ވިދާޅުވި އެވެ.އޭނާ ވިދާޅުވީ މިއަހަރުގެ ބަޖެޓް ހިމަނާފައިވާ 4.7 ބިލިއަން ރުފިޔާގެ ލޯނު ނެގުމުން ވެސް ޑޮލަރުގެ އަގަށް ބޮޑަށް ބަދަލު އަންނާނެ ކަމަށެވެ. އަދި ކޮންމެ އަހަރަކު ބަޖެޓްގެ ދަރަނި އިތުރުވާ ވަރަކަށް ދިވެހި ރުފިޔާގެ އަގުވެއްޓެމުންދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.“އަޅުގަނޑުމެންނަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވެގެނެއް ނުދޭ. އެކްސްޕޯޓް އިތުރެއްނުވޭ. މަސްވެރިކަމުގެ ސިނާއަތު މިދިޔަ ތިން އަހަރު ވެސް ދިޔައީ ދަށްވެގެން. ޑޮލަރު ލިބޭ މިންވަރަށްވުރެ ދިވެހި ރުފިޔާ ނުކުންނަ އަދަދު ގިނަވީމަ ޑޮލަރުގެ ޑިމާންޑް ބޮޑުވަނީ،” އެނާ ވިދާޅުވި އެވެ.ޔާމީން ވިދާޅުވީ އަންނަ އަހަރު ދައުލަތުން ނަގަން ކަނޑައަޅާފައިވާ ލޯނު ނުލިބިއްޖެ ނަމަ ދައުލަތުން ނަގާ ފައިވާ ލޯނުދެއްކުމާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދަތިތަކަކާ ކުރިމަތިވާނެ ކަމަށެވެ. އަދި މިއަހަރު ނެގުމަށް ހަމަޖެހިފައިވާ ލޯނުގެ ބޮޑު ބަޔަކީ ލޯނު ދެއްކުމަށް ނަގާ ލޯނުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ޔާމީން ވިދާޅުވީ އަލަށް ފިނޭންސް މިނިސްޓަރަކު އައްޔަންކުރުމުން މިހާރު ފާސްކޮށްފައިވާ ބަޖެޓަށް އަމަލުކުރާނެ ގޮތެއް ނޭނގޭނެ ކަމަށާއި އެކަމުގެ ސަބަބުން ނުކުންނާނެ މައްސަލަތަކެއް ވެސް ހުންނާނެ ކަމަށެވެ.ށް ވިއްކާ މުދާ އަގު ހެޔޮވުމަކީ އެއްގޮތަކަށް ވެސް ވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ރައްޔިތުންގެ އާމްދަނީ އިތުރުނުވާނަމަ އާއްމު ދިރިއުޅުމުގެ ހާލަތު ވެސް ރަނގަޅެއްނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ