ފެނުން މަތީގައި ތިބެން ދިވެހިންނަށް ކުރެވުނު ކޮންމެ ކަމެއް ކުރާނެ: ރައީސް ނަޝީދު

ދިވެހިން ތިބީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލުގައި ޖެހި މަރުވާން ތައްޔާރަށް ނޫން ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ޕޮލެންޑުގައި ކުރިޔަށްދާ ދުނިޔޭގެ މޫސުމާ ބެހޭ ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަމުންމިދާ ބަދަލުގެ ނެދެވޭ އަސަރު އެންމެ ފުރަތަމ ކުރާ ބަޔަކަށް ވާނީ ދިވެހި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން ކަމަށެވެ. އެފަދަ އަނިޔާއެއްގެ ޝިކާރައަކަށް ވުމަށް ދިވެހިން ނޭދޭ ކަމަށާއި ދިވެހިންގެ އުންމީދު އަދިވެސް ނުގެއްލޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި އެ ނުރައްކަލުން ސަލާމްތަ ވުމަށްޓަކައި ދިވެހިންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުންކޮށްގެންވެސް ފެނުންމަތީގައި ތިބުމަށް ދިވެހިން މަސައްކަތް ކުރާނެެެ ކަމަށެވެ.
އެންމެ ފަހުން 2009 ވަނަ އަހަރު ބެއްވި ކޮޕް ސަމިޓުގައި ވާހަކަފުުޅު ދެއްކެވި ފަހުން އެތައް ދުވަހެއް ފާއިތުވެގެންގޮސް އެމަނިކުފާޏުގެ ހާޔާތުގައިވެސް ވަރަށް ގިނަ ކަންކަން ހިނގާފައިވާކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ 2009 ވަނަ އަހަރު ސަމިޓުގައި ބައިވެރިވުމަށްފަހު އެމަނިކުފާނުގެ ވެރިކަން ބަޣާވާތަކުން ވައްޓާލައި. ޖަލަށް ލައި ގައުމުން ބޭރުކޮށް އަދި މިހާރު އެނބުރި ގައުމަށް އައިސްފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ 9 އަހަރަށް ފަހު ސަމިޓުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާއިރުވެސް ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް ހަދާފައިވާ ސިސްޓަމްތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި ސިސްޓަމްތައް އަދިވެސް އޮތީ ހަމަ މީގެ ނުވަ އަހަރު ކުރިން އޮތް ގޮތަށް ކަމަށެވެ. ސިސްޓަމްތަކަށް ބަދަލުތައް ގެނެވި ތިމާވެށި ސަލާމަތް ކުރުމަށް މިޔަށްވުރެ އަވަސް އަދި ބޮޑެތި ފިޔަވަޅުތަކެއް ނޭޅި މޫސުމަށް އަންނަމުންމިދާ އަވަސް ބަދަލުތަކުން ސަލާމްތް ނުވެވޭނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ އެންމެ ތިރި ގައުމަށްވުމުން މޫސުމަށް އަންނަމުން މިދާ އަވަސް ބަދަލުތަކުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި ދިވެހި ރާއްޖެ ފެނުގެ އަޑިއަށް ހިނގައިދާނެ ކަމުގެ އިންޒާރުވެސް ސައިންވެރިން ވަނީ ދީފައެވެ.
ރައީސް ނަޝީދު ފާހަގވޗެފައިވަނީ އަބަދުވެސް ތިމާވެއްތާި ރައްޓެހި އަދި މިފަދަ މުސުމީ ބަދަލުތަކުން ރާއްޖެ ސަލާމްތަ ކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރައްވާ އެއް ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުގައި ކަނޑުއަޑީގައި ކެބިނެޓް ބައްދަލުވުމެއްވެސް ބާއްވާފައެވެ. އަދި މީގެ އިތުރަށް ރައީސް ނަޝީދަކީ އދ. ގެ 'ޗެމްޕިއަން އޮފް ދަ އާތް' ގެ ލަގަބުވެސް ހޯއްދަވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ