އެޑިޔުކޭޝަން މިނިސްޓަރގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނަށް

ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބާ އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ހުރިހާ ދަރިވަރުންނާއި މުދައްރިސުންނާއި، ސްކޫލްތަކުގެ މުވައްޒަފުންނާއި އަދި ބެލެނިވެރިންނަށް އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ތަހުނިޔާ ފޮނުއްވަވައިފިއެވެ.
ދުވަހާ ގުޅުވައިގެން މިނިސްޓަރ ފޮނުއްވި ތަހުނިޔާގައި ވަނީ މި އަހަރުގެ ދިރާސީ އަހަރަކީ ދަރިވަރުންގެ ކުރިއެރުމަށް ޚާއްޞަ ޕްރޮގްރާމުތަކެއް ފެށިގެންދާނެ އަހަރެއް ކަމަށެވެ.  މީގެ ތެރޭގައި ހިމެނޭ ބައެއް ޕްރޮގްރާމުތައް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ،
ދޮޅު މަހަށް ވުރެ ދިގު ބޮޑު ޗުއްޓީއަކަށް ފަހު 73،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު މިއަދު އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ ސްކޫލްތަކުގެ ދަރިވަރުންގެ ނާސްތާ ޕްރޮގްރާމެވެ  ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސިޔާސަތުގައި ގެންގުޅުއްވާ ދަރިވަރުންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް މިއަދު ވަނީ ބައެއް ސްކޫލުތަކުގައި އިފްތިތާހްކޮށްފައެވެ.
އަމީނިއްޔާ ސްކޫލުގައި ނާސްތާ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ