ޕިކަޕަކުން ޖެހި ހައިވޭގެ ޑިވައިޑާތައް ފުނޑުފުނޑު

ހުޅުމާލެ އާއި ބްރިޖް ގުޅުވައިދޭ ހައިވޭގައި ރޭ ފަތިހު ހިނގި އެކްސިޑެންޓުގައި ހައިވޭގައި ޖަހާފައިހުރި ރޯޑް ޑިވައިޑާތައް ފުނޑުފުނޑު ވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ފަތިހު 04:17 ހާއިރުއެވެ. އެއެކްސިޑެންޓުގައި އެކަކަށްވެސް އަނިޔާއެއް ލިބިފައިނުވާއިރު އެކްސިޑެންޓު ހިނގާފައިވަނީ ހައިވޭގެ ޔޫޓާން ނަގާ ހިސާބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޕިކަޕަކުން ޖެހުމުގެ ސަބަބުން 40 ފޫޓުގެ ރޯޑް ޑިވައިޑާތައް މުޅިން ހަލާކުވެފައިވާއިރު ޑިވައިޑާސްގެ ފުނޑުފުނޑުވި އެއްޗެހިތައް ހުރީ އެހިސާބަށް ބުރައިގެން ގޮސްފައެވެ.
އެނގިފައިވާގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސުޕީޑެއްގައި ދުއްވާފައި ދިޔަ ޕިކަޕް ކޮންޓުރޯލު ނުވެގެންނެވެ. އެހާދިސާގައި އެޕިކަޕުގެ ކުރީ ކޮޅަށް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ