ބޭރަށް ނުކުމެ އުޅުއްވުމުގައި ސަމާލުވާން އިލްމުވެރިންނަށް ގޮވާލައިފި

ދީނީ އިލްމުވެރިން ރޭގަނޑުގެ ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުއްވުމުގައި އިތުރަށް ސަމާލުވާން "އިލްމުވެރިންގެ ގުޅުން" ހަރަކާތުން އިލްތިމާސް ކޮށްފި އެވެ.
"އިލްމުވެރިންގެ ގުޅުން" ހަރަކާތަކީ އެމްޑީއެންއިން އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައާ ގުޅިގެން އިލްމުވެރިންގެ ހުރި ކަންބޮޑުވުންތައް ހާމަ ކުރަން އިލްމުވެރީން ގުޅިގެން އުފައްދާފައިވާ ހަރަކާތެވެ.
އެ ފަރާތުން މިއަދު ނެރެފައިވާ ބަޔާނެއްގަައި ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދީނީ އިލްމުވެރިން އެ ބޭފުޅުންގެ ރައްކާތެރިކަމާ ސަލާމަތަށްޓަކައި ޚާއްސަ ސަމާލުކަމެއް ދެއްވުން މުހިންމު ކަމަށެވެ.
އެގޮތުން ކޮންމެެހެން ނުކުންނަން ޖެހި ވަޑައިގެންފު ހާލަތެއްގައި ނޫނީ މަގުމައްޗަށް ނުނުކުންނެވުމަށާއި ޚާއްސަކޮށް ދަންވަރުގެ ވަގުތުގައި ނުނުކުންނެވުމަށް އަދިފައިވެ އެވެ. އެފަދަ ވަގުތެއްގައި ނުކުންނެވި ނަމަވެސް އެކަނި ބޭރަށް ނުނުކުން ނެވުމަށް އެދިފައި ވެއެވެ.
މީގެ އިތުރުން އެއިން ބޭފުޅުންގެ ކާރަކަށް ނުވަތަ ސައިކަލަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަމެއް ކަމާބެހޭ ފަރާތުގެ ސަމާލުކަމަށް ގެނައުމަށާއު އެއްވެސް ޝައްކެއް އުފެދޭ ކަމެއް ހިނގާނަމަ އެކަމެއްވެސް ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރަން އެދިފައިވާއިރު ސަލާމަތަށް ނުރައްކާތެރިވެއްޖެ ކަމަށް ފެންނަ ހާލަތެއްގައި ރައްކާތެރި ކަމުގެ އެހީތެރި ކަމަށް އެދެންވެސް ވަނީ އިލްތިމާސްކޮށްފައި ވެއެވެ.
އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓް ނެރުނު މައްސަލައާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުން އަވަސްކޮށް، އެ ޖަމިއްޔާ އުވާލުމަށް "އިލްމުވެރިންގެ ގުޅުން" ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ