ޖީހާން ހުށަހަޅުއްވައިގެން، ޕީޖީ ވަކި ކުރުމުގެ މައްސަލަ ކޮމިޓީިން ބާތިލް ކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފެށި މަސައްކަތް ކޮމިޓީން ބާތިލް ކޮށްފިއެވެ.
އެކޮމިޓީން އެނިންމުން ބާތިލް ކުރީ އެ ކޮމިޓީގެ މެންބަރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ.
ޖީހާން އަކީ ޕީޖީގެ މަގާމުން ބިޝާމް ވަކިކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަން ފާސްކުރީރު އެކަމަށް ތާއީދު ކުރައްވައި ވޯޓުވެސް ދެއްވި މެންބަރެކެވެ.
ބިޝާމް ވަކި ކުރުމުގެ މައްސަލަ ބާތިލް ކުރަން ޖީހަން މިއަދު އެ ކޮމިޓީއަށް ހުށަހެޅުއްވީ، ބިޝާމް ވަކި ކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ކޮމިޓީން ފާސްކުރީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެވެ.
ބިޝާމް ވަކި ކުރުގެ މައްސަލަ ކޮމިޓީން ކުރިއަށް ގެންދަން ފާސްކުރީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ކޮމިޓީއަށް ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ. ޖީހާން ވިދާޅުވީ، އެ މައްސަލަ ކޮމިޓީގެ ބައްދަލުވުމަށް މޫސަ ހުށަހަޅުއްވާފައިވަނީ، އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެމްޑީޕީގެ އުސޫލުތަކާ ހިލާފް ކަމެއްގެ ގޮތުގައި ޖީހާން ފާހަކަ ކުރައްވާފައި ވަނީ ޕީޖީގެ މައްސަލައާމެދު މޫސާ ސިރާޖު އެމްޑީޕީގެ ޕީޖީ ގުރޫޕްގައި މަޝްވަރާ ކުރައްވާފައި ނުވާ މައްސަލައެވެ.
ޕީޖީ ވަކި ކުރުމުގެ ނިންމި ނިންމުން ބާތިލް ކުރުމަށް ޖީހާން މިއދު ހުށަހެޅުއްވި ހުށަހެޅުއްވުން މިއަދު ކޮމިޓީން ފާސްކުރިއިރު، މޫސާ ސިރާޖު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައެއް ނުގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ