ހިތުގެ އޮޕަރޭޝަނަކަށް ފަހު އާނޯލްޑްގެ ހާލު ރަނގަޅު

ހިތުގެ ބޮޑު އޮޕަރޭޝަނަކަށް ފަހު ހާލު މިހާރު ވަރަށް ރަނގަޅު ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޝަން ތަރި އާނޯލްޑް ޝްވެޒްނެގާ ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮހައިއޯގެ ކްލިވެލޭންޑް ކްލިނިކް މެޑިކަލް ސެންޓަރުގައި ކުރި އޮޕަރޭޝަނަށް ފަހު، ސޯޝަލް މީޑިއާގައި ހާލަތު ހިއްސާކުރަމުން 73 އަހަރުގެ އެކްޓަރު ވަނީ އޭނާ އަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރުކަން ވެސް ކުރި އާނޯލްޑް ބުނިގޮތުގައި ކޮންޖެނިޓަލް ހާޓް ޑިފެކްޓާ ގުޅިގެން ކުރި އޮޕަރޭޝަނަށް ފަހު، ވަރަށް އަވަހަށް މުޅިން އެއްކޮށް އާންމު ހާލަތަކަށް ވެސް ދެވޭނެ އެވެ.
"އަހަރެން މުޅިން ބަރާބަރު. މިހާރު ހަމަ ހިނގާ ވެސް ލެވޭ. އަހަންނަށް ފަރުވާ ދިން ޓީމްގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރިއްޔާ." ޓާމިނޭޓާ ފަދަ ވަރުގަދަ ފިލްމުތައް ކުޅެފައިވާ އާނޯލްޑް ބުންޏެވެ.
View this post on Instagram Thanks to the team at the Cleveland Clinic, I have a new aortic valve to go along with my new pulmonary valve from my last surgery. I feel fantastic and have already been walking the streets of Cleveland enjoying your amazing statues. Thank you to every doc and nurse on my team! A post shared by Arnold Schwarzenegger (@schwarzenegger) on Oct 23, 2020 at 1:24pm PDT
މީގެ ދެ އަހަރު ކުރިން ވެސް އާނޯލްޑް ހިތުގެ އޮޕަރޭޝަނެއްކުރި އެވެ. އެންމެ ފުރަތަމަ އޭނާ އަށް މިފަދަ އޮޕަރޭޝަނެއް ކުރަން ޖެހުނީ 1997 ގަ އެވެ. އެއީ ހިތަށް ލޭ ފޮނުވައިދޭ ހޮޅިތަކަށް ދިމާވި މައްސަލަތަކަކާ ގުޅިގެންނެވެ.
ފަސް ދަރިން ތިބި އާނޯލްޑަކީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ޕްރެޓް، 41، ގެ ބަފާބެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އާނޯލްޑްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޓާމިނޭޓާ: ޑާކް ފޭޓް" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރާ މާޝަލް އާޓްސް ކޮމެޑީ ފިލްމު "ކުންގް ފިއުރީ 2" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ