ޝަރީޢަތަކާވެސް ނުލާ ރައީސް ޔާމީން 25 އަހަރަށް ކުޑަގޮޅިއަށް ލާން ޖެހޭ - ޖާބިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތަކާއި ނުލައި 25 އަހަރަށް ޖަލަށް ލާންޖެހޭ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭ ޓީވީގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގައި ހިންގެވީ ހިޓްލަރުގެ ޒަމާނުގައި ހިންގެވި ފަދަ އަނިޔާވެރި ވެރިކަމެއް ކަމަށެވެ.
"ރައީސް ޔާމީން ކަންކަން ކޮށްފައި ހުރި ގޮތަށް ބަލާ އިރު، ޔާމީން ބައިންދަން ޖެހޭނީ އިތުރު ޝަރީއަތެއް ވެސް ކުރުމަކާ ނުލައި ސީދާ ޖަލުގައި, ސީދާ ކުޑަގޮޅީގަ ބަހައްޓަން ޖެހޭނީ. އެފަދަ މީހެއް އެއީ." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ދެން އިތުރަށް ޔާމީނާ އެކު ސިޔާސީ މައިދާނުގައި މަސައްކަތް ކުރާނެ ދުވަހެއް ނާންނާނެ ކަމަށާއި އެކަން އެއްވެސް ހާލަތެއްގައި ނުކުރައްވާނެ ކަމަށެވެ.
ޖާބިރު މިހެން ވިދާޅުވިއިރު ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް އާންމުކޮށް ހުޅުވާލައިގެން މިއަދު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ