ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
އިއްޔެ އިން ފެށިގެން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައިވާއިރު އެސްޓީއޯ އިން ބުނިގޮތުގައި އޭގެ އަގުބޮޑުކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި އަގު ބޮޑުވަމުންދާތީއެވެ. އެގޮތުން އެސްޓީއޯ އިން ބުނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން ސާފުނުކުރާ ތެލުގެ އަގު 30 ޕަސެންޓު ބޮޑުވެފައިވާ ކަމަށެވެ.
އެސްޓީއޯ އިން މިހާރު ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.79ރ. އަށެވެ. ޑީސަލް ލިޓަރެއް މިހާރު ވިއްކާނީ 11.61ރ. އަށެވެ. މީގެ ކުރިން އަދި ޕެޓްރޯލް ލިޓަރެއް ވިއްކާފައިވަނީ 10.19ރ. އަށެވެ. އަދި ޑީސަލް ލިޓަރެއް މިހާރު ވިއްކާނީ 11.61ރ. އަށެވެ.
އެސްޓީއޯ އިން ބުނިގޮތުގައި ތެލުގެ އަގު ބޮޑޮ ކުރަން ނިންމަނީ ގަންނަން ލިބޭ އަގު ބޮޑުވުމުގެ ސަބަބުންނެވެ. އަދި އަގު ހެޔޮ ވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް އަގަށް ހެޔޮ ބަދަލު ގެންނާނެ ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ